ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެޗްޕީއެސްއެން އިން ހޯދައިފިއެވެ.
މިއަދު ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އޯލް އެޓޭކް އެފްސީ އާވާދަކޮށް އެޗްޕީއެސްއެން އިން މެޗު ކާކިޔާބުކުރީ 1-0 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ހަމައެކަހި ލަނޑު ޖަހައިދިނީ 88 މިނެޓުގައި ޖާރޒީ ނަމްބަރ 7 ނިމާޒު އަޙްމަދެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތުތައް ލިބުނު ނަމަވެސް ވަނީ ބޭކާތުވެފައެވެ. އަދި އެޗްޕީއެސްއެންގެ ޖާރޒީ ނަމްބަރ 15 އަޙްމަދު ވަދީޢު ކުރި ކުށަކާއި ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެެންކަމުން އެޓީމުން ކުޅެމުން ދިޔައީ 10 ކުޅުންތެރިންނާއެކުއެވެ.
ސެމީފައިނަލުގެ ދެވަނަަ މެޗުގައި މާދަމާ ބައްދަލު ކުރާނީ ޗެލެންޖަރސް އާއި ޔޫތް ޔުނައިޓެޑެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ އެޗްޕީއެސްއެން އަށް..
