
ލަނޑު ގޯންޏަކާއެކު އަޯލް އެޓޭކުން ބައިޕާސްގެ މައްޗަށް ކުރިހޯދައިފި
ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި ލަނޑު ގޯންޏަކާއެލު އޯލް އެޓޭކުން ބައިޕާސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 13-0 ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުންވަނީ 7 ލަނޑު ޖަހާފައެވެ. މިއަދުގެ މެޗަށް ނުކުތް އިރުވެސް އޯލް އެޓޭކު ސެމީ ފައިނަލަށް ގޮސްފައިވާތީ އެޓީމަށް ވަނީ ބަދަލުތަކެއް ގެނެސް އާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދީފައެވެ.
އަދި ބައިޕާސް ޓީމަށް ސެމީ ފައިނަލަށް ދެވޭނެ އެއްވެސް މަގެއް ނެތް އިރު، ޢުމުރުގެ ގޮތުން ދޮށީކުޅުންތެރިންނާއެކު ކުޅެމުން އަންނަ ބައިޕާސް ޓީމު ކުޅުމުންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.
މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ޗެލެންޖަރސް އާއި ނިއު އެލާރޓް އެވެ. މި މެޗުވެސް ފަށާނީ 16:00ގައެވެ.



