ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އުފެއްދި ދީނީ ޓީވީ ޗެނަލް “މުންނާރު” އިފުތިތާހުކޮށްފި

 

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން “މުންނާރު” ގެ ނަމުގައި ދީނީ ޓީވީ ޗެނަލެއް އިފްތިތާހުކޮށްފި އެވެ.

އިޝްތިހާރު Below Header ad

ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީގެ ވަސީލަތްތައް ބޭނުން ކޮށްގެން ހިންގާ “މުންނާރު” ޓީވީ ޗެނަލް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މި ޗެނަލް އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ޗެނަލް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އިސްލާމްދީނާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށާއި މި ޗެނަލުން 24 ގަޑިއިރުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ޗެނަލް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނުގެ ސާފު ފިކުރު ފޯރުކޮށްދެވޭނެ ކަމަށާއި އެގޮތުން “މުންނާރު” ގެ ނަމުގައި އިފްތިތާޙު ކުރި މި ޓީވީ ޗެނަލުން ބައެއް މިސްކިތްތަކުގައި ކުރެވޭ ނަމާދުތަކާއި ދީނީ ދަރުސްތައް ލައިވްކޮށް ދުރަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ “މިފަދަ ޗެނަލެއް ރާއްޖޭގައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ދީނީ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭން ޖެހޭކަމަށެވެ.

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ބައެއް މޫސުންތަކުގައި ދީނީ އިލްމްވެރިންނަށް ތަންތަނަށް ދަތުރުކޮށް ހެދުމަކީ އުނދަގޫ ކަމެއްކަމުން ދަރުސް ދިނުމަށް އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ.

އެހެނަމަވެސް މި ޗެނަލް އުފެދުމުން މާލޭގައި ތިއްބަވައިގެން ކިތަންމެ މޫސުން ގޯސްވި ނަމަވެސް ދީނީ އިލްމްވެރިންނަށް ދިވެހި ރައްޔިތުންއަށް މައުލާމާތު ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރައީސް އަބްދުﷲ ޔާމީންގެ ދުރު ވިސްނުންފުޅާއެކު ލޯންޗުކުރެވިގެން ދިޔަ ޗެނަލެއް ކަމަށާއި އެހެންކަމުން މި ޗެނަލް މެދުވެރިކޮށް ރައްޔިތުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގައި މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިނިސްޓަރު ވަނީ ދީނީ އިލްމްވެރިންނަށް ގޮވާލައްވާފަ އެވެ.

“މުންނާރު” ގެ ނަމުގައި ދީނީ ޗެނަލެއް މިއަދު އިފްތިތާހުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި ދުވަހު “ދީނުގެ އަޑު” ގެ ނަމުގައި ދީނީ ރޭޑިއޯ ޗެނަލެއް އިފްތިތާހުކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.