ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުކޮޅަށް ނޭޕާލްގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުން 9 ގޯލް ޖަހައިފި

 

އަވަށްޓެރި އިންޑިއާގައި މިހާރު ކުރިޔަށްދާ ހަތަރުވަނަ ވިމެންސް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި  މިއަދު ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ބަލިވީ ނޭޕާލްގެ އަންހެން ފުޓްބޯޅަ ޓީމާ ވާދަކޮށް 0-9 ގެ  ނަތީޖާއަކުންނެވެ.

ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މި މެޗު 9 ލަނޑުގެ ތަފާތުން ނޭޕާލް މޮޅުވިއިރު މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަބިތްރާ ބަންޑާރީ ވަނީ ފަސް ގޯލު ޖަހައިދީފައެވެ.

ބާކީ ހަތަރު ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ މަންޖާލީ ޔޮންޖަން އާއި ސަޕާނާ ލަމާ އާއި ހިރާ ކުމާރީ ބުޖެލްގެ އިތުރުން، ނިރްމަލާއެވެ.

މި މޮޅާއެކީ ނޭޕާލް މިހާރު ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުން ބަލިވި ރާއްޖެއަށްވެސް އަދި ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ ސެމީފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

މި ގްރޫޕުގެ އިތުރު މެޗެއްވެސް ވަނީ މިއަދު ކުޅެފައެވެ. މި މެޗުގައި ބައްދަލުކޮށްފައިވަނީ ސްރީލަންކާއާއި ބޫޓާން އެވެ. މި މެޗުން ސްރީލަންކާއިން ވަނީ، 0-2 ގެ ނަތީޖާއަކުން ބޫޓާންގެ މައްޗަށް ކުރި ހޯދާފައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ކަންކާ އަތުން ބަލިވި ބޫޓާންއާއެވެ.

މި މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެއަށް ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.