ތަޖުރިބާކާރު ޑިފެންޑަރު އަޙްމަދު ޢަބްދުﷲ (ލިލީ) ނިއުއަށް ސޮއި ކޮށްފި

ޓީސީއަށް ކުޅެމުންއަންނަ އިތުބާރު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އަންނަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅެންނިންމައި އެކުލަބުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގައުމީޓީމުގައިވެސް މުހިންމުދައުރެއް އަދާކުރާ ޑިފެންޑަރ އަހްމަދު އަބްދުﷲ (ލިލީ) ނިއު އަށް ސޮއި ކުރީ އެއް އަހަރުދުވަހުގެ މުއްދަތަކަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލިލީ އަކީ އަންނަ ސީޒަނަށް ތައްޔާރުވުމަށް ނިއު އަށް ގެނައި ހަތަރު ވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދާއި މިދިޔަ ސީޒަންގައި ލިލީއާ އެކު ޓީސީ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ވެލެންސިއާ އަށް ކުޅުނު އަކުރަމް އަބްދުލް ގަނީ ވެސް ވަނީ ނިއު އަށް ސޮއިކޮށްފައެވެ.

މި ހަތަރު ކުޅުންތެރިން ނިއުއަށް ސޮއިކޮށްފައިވާއިރު މިއީ މީގެކުރިން ވެސް ނިއު އަށް ކުޅުނު ހަތަރު ކުޅުންތެރިން ނެވެ. ލިލީ ނިއުއަށް ސޮއިކޮށްފައިވަނީ ކިހާވަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ލިލީ ނިއުއަށް ސޮއި ކޮށްފައިވަނީ ބޮޑު އަދަދެއް ހޭދަކޮށްފައެވެ. އަދި ނިއު އަށް ސޮއި ކުރި އަނެއް ތިން ކުޅުންތެރިންނަށްވެސް އެޓީމުން ވަނީ ފައިސާގެ ބޮޑު އަދަދެއް ދޭންނިންމާފައެވެ.

ނިއުއަށް ތަޖުރިބަކަރު ގިނަކުޅުންތެރިން ތަކެއް ސޮއިކޮށްފައިވާއިރު އަންނަ ސީޒަނުގައި އެޓީމު ވަރުގަދަވާނެ ކަމަށް ނެލެވެއެވެ.

ނިއު އިން މިދިޔަ ސީޒަންގައި މާ ރަނގަޅުކުޅުމެއް ދެއްކިފައިނުވާއިރު އެޓީމު ލީގު ނިންމާލީ ލީގްގެ ފަސް ވަނައިގައިއިވެއެވެ.  އަދި އެޓީމުން ސީޒަން ނިންމާލީ އެއްވެސް ކާމިޔަބެއް ނުލިބި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.