
ނިއު އެލާރޓު ބަލިކޮށް އޯލް އެޓޭކުން ސެމީގެ އުއްމީދު އާކޮށްފި
ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި އޯލް އެޓޭކް މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އެލާރޓު ބަލިކޮށް ސެމީގެ އުއްމީދު އާކޮށްފިއެވެ.
ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އޯލް އެޓޭކުން ކާމިޔާބުކުރީ 0-4 ލަނޑުންނެވެ. މިމެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ މޫސާ މުޢިއްޒު އިބްރާހީމް އާއި ޙަސަން ރިފާޢު އަދި މުޙައްމަދު ނާލިމް އެވެ. މީގެ ތެރެއިން މުޙައްމަދު ނާލިމް ވަނީ ދެލަނޑު ޖަހާ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
މާދަމާ ހަވީރު 16:00ގައި ބައްދަލުކުރާނީ ބައިޕާސް އާއި ޗެލެންޖަރސް އެވެ.



