ތަފާތު ނަތީޖާއަކުން އެޗްޕީއެސްއެން އިން ބައިޕާސްގެ މައްޗަށް ކުރިހޯދައިފި

ކ. ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ބައްދަލުކުރި މެޗު ތަފާތު ނަތީޖާއަކުން އެޗްޕީއެސްއެން އިން ބައިޕާސްގެ މައްޗަށް ކުރިހޯދައިފިއެވެ.

އެޓީމުން މިއަދުގެ މެޗުކާމިޔާބުކުރީ 1-4 ލަނޑުންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެޗްޕީއެސްއެން ޓީމުންނެވެ. ފަސްވަނަ މިނެޓުގައި އެޓީމަށް ލަނޑުޖަހައިދިނީ ޖާރޒީ ނަމްބަރ 15 އެވެ. އެހެންނަމަވެސް 17 ވަނަ މިނެޓުގައި ބައިޕާސް ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލްކީޕަރުގެ ބޯމަތިން ފޮނުވާލާ ގޯލުގެތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކާރޒީ ނަމްބަރ 7 އެވެ. މި ނަތީޖާގައި އޮއްވާ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޗްޕީއެސްއެންގެ ޖާރޒީ ނަމްބަރ 11 ވަނީ އިތުރު ލަނޑެއްޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.

އިޝްތިހާރު Below Header ad

ފަހު ހާފުގެ ދެވަނަ މިނެޓުގައި އެޗްއެސްޕީއެން އިންވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ޖަހައިދިނީ ޖާރޒީ ނަމްބަރ 7 އެވެ. މިއަދުގެ މެޗުގައި އެޗްޕީއެސްއެންއަށް ތިންޕޮއިންޓު ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 76 މިނެޓުގައި ފުރަތަމަ ލަނޑުވެސް ޖަހާ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އެޗް ޕީއެސްއެންގެ ޖާރޒީ ނަމްބަރ 15 އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އޯލް އެޓޭކް އާއި ނިއު އެލާރޓް އެވެ. މެޗު ފެށޭނީ 16:00ގައެވެ. މިއަހަރުގެ މުބާރާތުގައި 6 ޓީމު ވާދަކުރާ އިރު، ސެމީފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ 4 ޓީމެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމަށް =/10000 ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.