ލ.ފޮނަދޫގައި ވޮލީބޯލް އަދި ފުޓްސަލް ކޯޗެސް ޓްރެއިނިންގ ކޭމްޕެއް ފަށައިފިއެވެ.
ސްޕޯޓްސް ޑިޕްލޮމެސީ ޕްރޮގުރާމްގެދަށުން ތ. އަތޮޅާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ލ.ފޮނަދޫގައި ފެށި ކޭމްޕުގައި 16 ފުލުހަކާއި 9 ޒުވާނަކު ވަނީ ބައިވެރިވެފައެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕުގައި ކުޅިވަރުގެ އަޚުލާޤާއި ވޮލީ އަދި ފުޓްސަލްގެ ޤަވާޢިދުތަކާއި ހުނަރުތަކާއި ޓީމެއް ތައްޔާރުކުރާނެގޮތާއި ތަމްރީން ސެޝަންތައް ކުރިޔަށް ގެންދާނެގޮތައްވެސް ކިޔަވައިދޭނެއެވެ.
ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ދަށުން ލ.ފޮނަދޫގައި ކުރިޔަށްގެންދިޔަ އެތުލެޓިކްސް އާއި ހޭންޑް ބޯލް ކޯޗެސް ޓްރެއިނިންގ ކޭމްޕް މިހާރު ވަނީ ނިމިފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށްރަށުގައި ހުރި މުއައްސަސާތައް ގުޅިގެން ދަނީ ތަފާތު ކޭމްޕުތައް ބާއްވަމުންނެވެ.