ޔޫތް ޔުނައިޓެޑް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ހަމަޖެހުމުގެ ނޭވާއެއްލައިފި

ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި ޔޫތް ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ.

ކ. ގުރައިދޫގައި ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޯލް އެޓޭކް އާވާދަކޮށް ޔޫތް ޔުނައިޓެޑުން މެޗު ކަމިޔާބުކުރީ 0-1 ލަނޑުންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑުޖެހީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރ 15 އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ނިއު އެލާރޓްސް އާއި ބައިޕާސް އެވެ. މި ދެޓީމުވެސް ވަނީ މީގެ ކުރިން އެއްމެޗު ކުޅެ ބަލިވެފައެވެ.

އެގޮތުން އެޗްއެސްޕީއެން އާއި ނިއު އެލާރޓްސް ބައްދަލުކުރި މެޗު 1-2 ލަނޑުން ނިއު އެލާރޓްސް ބަލިވެފައިވާ އިރު، ބައިޕާސް ބަލިވެފައިވަނީ ޔޫތް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި 1-3 ލަނޑުންނެވެ.

މި އަހަރުގެ މުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައިވާ އިރު، ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.

މިއަދުގެ މެޗު ބައްލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރވެސް ވަޑައިގެންނެވިއެވެ.

22.12.16 2

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.