ފުލުހުންގެ މުއައްސަސާގައި ބޭނުންކުރާ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންނަށް އަމާޒުކޮށްގެން ކޯހެއް ފަށައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުންކުރަމުންދާ ކަނޑު އުޅަނދުފަހަރުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޅުވެރިންގެ ސެޓްފިކެޓް ކޯހެއް ފަށައިފިއެވެ.

ޑިސެމްބަރު މަހުގެ 20 ން 22 އަށް ކުރިއަށްގެންދާ މި ކޯހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުންކުރާ ކަނޑު އުޅަނދުފަހަރުތަކުގައި މަސައްކަތްކުރާ ފަޅުވެރިންނަކީ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން އިންޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒް އާއި ގުޅިގެން ހިންގާ ކޯހެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކޯހުގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފަޅުވެރިންނާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފަޅުވެރިން ހިމެނޭ ގޮތަށް ޖުމްލަ 10 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

ފަޅުވެރިންނަށް ބޭނުންވާ އެކި ހުނަރުތަކާއި ޕްރެކްޓިކަލް ސެޝަނެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒްގެ ތަޖުރިބާކާރު ލެކްޗަރާއިންނާއި އެފެކަލްޓީގައި މަސައްކަތްކުރާ ކޮންސަލްޓަންޓުންނެވެ.

މިއީ ފުލުހުންގެ މުއައްސަސާގައި ބޭނުންކުރާ ކަނޑު އުޅަނދުފަހަރުތަކުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ދެވަނަ ކޯހެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.