ޚަބަރު ފީތާ

ދެރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމު ކުރުމަށާއި އިންސިނެރޭޓަރ ޝެޑެއް ޤާއިމު ކުރުމަށް ޙަވާލުކޮށްފި

ގދ. ގައްދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމަށާއި ގއ. ވިލިނގިލީގައި އިންސިނެރޭޓަރ ޝެޑެއް ޤާއިމުކޮށްފިއެވެ.

ގއ.ވިލިނގިލީގައި އިންސިނެރޭޓަރ ޝެޑެއް ޤާއިމުކުރުމުގެ މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ގއ.ވިލިނގިލީ ކުނި މެނޭޖުކުރާ މަރުކަޒުގައި އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ އިންސިނެރޭޓަރަށް ޝެޑެއް ޤާއިމުކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމެވެ.

އެއްލައްކަ ތިރީސް ދެ ހާސް ހަ ސަތޭކަ އެއް ރުފިޔާ އަށާވިސް ލާރީގެ މި މި ޕްރޮޖެކްޓް ހަވާލުކުރީ އެން.އެސް.އާރް އިންވެސްޓްމަންޓާއެވެ. މި އެއްބަސްވުމުގައި ކޮންޓަރެކްޓަރގެ ފަރާތުން ސޮއި ކުރީ މެނޭޖިންގ ޑިރެކްޓަރ ނަސީރު އަލީ އެވެ.

ގދ.ގައްދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމުގެ މިމަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ގދ.ގައްދޫ ކުނި މެނޭޖްކުރާ މަރުކަޒު (އައި.ޑަބްލިއު.އެމް.ސީ) ޤާއިމުކޮށް އެތަނުން ކުނިމެނޭޖްކުރުމުގެ ޚިދުމަތް ދެވޭ ފެންވަރަކަށް އެމަރުކަޒުގެ ޙާލަތު ބަދަލުކުރުމެވެ.

ނުވަލައްކަ ނުވަދިހަ ހަހާސް ފަންސާސް ހަތް ރުފިޔާ ތިރީސް ހަލާރީގެ މި ޕްރޮޖެކްޓް އައި.އެސް.އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރި އިރު، މި އެއްބަސްވުމުގައި ކޮންޓަރެކްޓަރގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް އެވެ.

Rate this post