ނޮވެމްބަރ މަހު އިމްޕޯޓު ކުރި މިންވަރު ވިހި އިންސައްތަ އިތުރު..

ފާއިތުވި ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 20% އިތުރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާއިރު، 14 އިންސައްތަ ސިންގަޕޫރުން އަދި 11 އިންސައްތަ އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ.

އިޝްތިހާރު Below Header ad

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު ހުސްވި ނޮވެމްބަރ މަހު %1 ދަށްވެފައެވެ. ފާއިތުވި ނޮވެމްބަރ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 223 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ. މިދިޔަމަހު އިމްޕޯޓް އިތުރުވެފައިވީނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު، އިމްޕޯޓް ޑިއުޓީގެ މިންވަރު ދަށްވެފައިވަނީ އަލަށް ހަދާ ރިސޯރޓްތަކަށާއި އެކިއެކި ޕްރޮޖެކްޓްތަކަށް ޑިއުޓީ މަޢާފްކޮށް އިމްޕޯޓްކޮށްފައިވާ މުދަލުގެ މިންވަރު އިތުރުވެފައިވުމާއި ސުންރޭޓުން ޑިއުޓީނެގޭ މުދާ އިމްޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާތީއެވެ.

މިގޮތުން އެކިއެކި ކަންކަމަށް 856 މިލިއަން ރުފިޔާގެ މުދާ ޑިއުޓީ މަޢާފްކޮށް މިދިޔަ ނޮވެމްބަރމަހު އިމްޕޯޓްކޮށްފައިވާއިރު، ސުންރޭޓުން ޑިއުޓީނެގޭ 1.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރމަހު އިމްޕޯޓްކޮށްފައިވާ ސުންރޭޓުން ޑިއުޓީނެގޭ މުދަލާ އަޅާބަލާއިރު 17 އިންސައްތަ އިތުރު ޢަދަދެކެވެ.

ފާއިތުވި ނޮވެމްބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު %38 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު 335 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ ނޮވެމްބަރމަހު މި ޢަދަދު ވަނީ 208 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިދިޔަމަހު އެކްސްޕޯޓްކުރި މުދަލުގެ 27 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.