ޚަބަރު ފީތާ

އިސްލާމިކް ޔުނިވަރސިޓީގެ ދިހަ ކޯހަކަށް އެމްއައިބީ އިން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

އިސްލާމިކް ޔުނިވަރސިޓީގެ 10 ކޯހަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހެނދުނު 08:30ން މެންދުރު 14:00އަށް ލޯނަށް އެދޭ ފޯމް އެ ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށެވެ.

އިސްލާމިކް ބޭންކުން ލޯނުދޫކުރާ ކޯސްތަކަކީ:

  • ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައެންސް އެންޑް ޝަރީޢާ ޕޮލިސީ
  • ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުޞޫލުލް ފިޤްހު
  • މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް
  • މާސްޓަރްސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕް
  • މާސްޓަރ އޮފް ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް
  • މާސްޓަރ އޮފް ކޮމްޕްރޭޓިވް ލޯސް
  • މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީ
  • މާސްޓަރ އޮފް ޤިރާއާތް
  • މާސްޓަރ އޮފް އާޓްސް އިން ޓީސޯލް (ޓިޗިންގ އިންގްލިޝް ޓު ސްޕީކަރަސް އޮފް އަދަރ ލޭންގްއޭޖު)
  • ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް

 

Rate this post