ޚަބަރު ފީތާ

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު އުތުރުބުރިއަށް ފުރާވަޑައިގެންފި

ރައީސް ޔާމީން ހއ. އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފައިލް ފޮޓޯ

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ހުވަދު އަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅު ވިލިގިއްޔަށާއި ގެމަނަފުއްޓަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ. މި ދަތުރުފުޅުގައި ވިލިގިލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގައި ގެމަނަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ގެމަނަފުށީގެ މިސްކިތާއި އައިސް ޕްލާންޓް ރައީސް މިއަދު ހުޅުއްވައިދެއްވާ އިރު، މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ގެމަނަފުށީގައި ބާއްވާ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެއެވެ. ރައީސްގެ ފަރާތްޕުޅުން ގެމަނަފުށީ މިސްކިތް ހުޅުވައިދެއްވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ބާޤިރު ބައިވެރިވެވަޑައިގަންނަވައެވެ.

Rate this post