ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ކާޑުގެ ބާވަތްތަކުގެ އަގު މާދަމާއިން ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ސަރުކާރާއި ރައްޔިތުން ހިއްޞާވާ ކުންފުނިން ބުނީ ސަރުކާރުން ސަބުސިޑީއަށް ބަދަލު ގެނައުމާއި ގުޅިގެން ދެން އެކުންފުނިން މާލެއާއި މާލެ ކައިރި ސަރަހައްދު ތަކުގައި ހަނޑޫ ކިލޯއެއް ވިއްކާނީ 7.96ރ އަށެވެ. އެހެންކަމުން ހަނޑޫ ބަސްތާއެއް ދެން ވިއްކާނީ =/398 ރުފިޔާއަށެވެ.
ހަކުރު ކިލޯއެއް 8 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާ އިރު، ހަކުރު ބަސްތާއެއް ދެންލިބޭނީ =/400ރުފިޔާ އަށެވެ. އަދި ފުށް ބަސްތާއެއް =/298ރ އަށް އަރާ އިރު، ފުށް ކިލޯއެއްގެ އަގު 5.96ރ އަށް ބަދަލުވާނެއެވެ.
ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބުސިޑީއަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ދެން ދޭނީ އެންސްޕާރ މެދުވެރިކޮށް ސީދާ ސަބުސިޑީއަށް ބޭނުންވާ މީހާއަށް ފައިސާގެ ގޮތުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.