ބޮޑެތި ބަލިތަކަށް ޚާއްޞަ މެޑިކަލް ޗެކަޕް ޕެކޭޖަކާއެކު އޭޑީކޭ އިތުރު ހަރުފަތަކަށް..

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭގެ ޚިދުމަތްތައް ރައްޔިތުންނާއި ވީހާވެސްގާތުން އަދި އެންމެ ލުއިފަސޭހަކޮށް ދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން ބޮޑެތި ބަލިތަކަށް ޚާއްޞަ މެޑިކަލް ޗެކަޕް ޕެކޭޖުތަކެއް އެ ހޮސްޕިޓަލުން ތަޢާރަފް ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ތަޢާރަފްކުރި ޕެކޭޖްތަކުގެ ތެރޭގައި ކެންސަރާއި ކުޅިވަރުގެ މީހުންނަށް ޚާއްޞަ ޗެކަޕާއި ހަކުރު ބަލީގެ މީހުންނަށާއި ތެލެސީމިއާ އަދި އަންހެނުންނަށާއި ދުވަސްވީ މީހުންނަށް ޚާއްޞަ ޗެކަޕްތަކެއް ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލު ވިދާޅުވީ ޗެކަޕް ހެދުމަށް ބޭނުންވާ މީހުންނަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށާއި އެޕޮއިންޓްމަންޓް ހޯދުމަށް ޚާއްޞަ ނަމްބަރެއްވެސް ތަޢާފްކުރާނެ ކަމަށެވެ.

އަދި މެޑިކަލް ޗެކަޕް ހަދަން ބޭނުންވާ ފަރާތްތަކަށް މަގު ދައްކައިދޭނެ ޚާއްޞަ މީހުން ތިބޭނެ ކަމަށާއި އެ ހޮސްޕިޓަލަށް ދިއުމުން ޗެކަޕް ހެދުމުގެ އިންތިޒާމް ހަމަޖައްސައިދީ އެކަން ވަގުތުން ކުރިޔަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލަށް މި ތަޢާރަފް ކުރި ޕެކޭޖުގައި ހިމެނޭ ކެންސަރުގެ ޕެކޭޖްގައި ބްރެސްޓް ކެންސަރާއި ސަރވިކަލް ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ޓެސްޓްކުރުން ހިމެނެއެވެ. އަދި ހިތުގެ ޓެސްޓްތަކާއި އަޑުއިވޭ މިންވަރު ބެލުމާއި ކަށި ފީވުމުގެ މައްސަލަ ދެނެގަތުމަށް ހަދާ ޓެސްޓްތަކާއިސީޓީ ސްކޭންތަކާއި އެމްއާރުއައި ސްކޭންތަކެއް ވެސް ބައެއް ޕެކޭޖްތަކުގައި ވަނީ ހިމަނާފައެވެ.

މި ޕެކޭޖުތަކާއި ބެހޭގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މިއީ ރާއްޖެއިން ޢާންމުކޮށް ފެންނަ ބަލިތަކަށް އަމާޒުކޮށްގެން ހަދާފައިވާ ޕެކޭޖްތަކެއް ކަމަށާއި ޕެކޭޖްތައް ފަރުމާކޮށްފައިވާނީ މި ސަރަހައްދުގެ ޤައުމުތަކުގެ ހޮސްޕިޓަލްތަކުންވެސް ތަޢާރަފްކޮށްފައިވާ ޕެކޭޖްތައްވެސް ދިރާސާކުރުމަށްފަހު ކަމަށެވެ.

އަލަށް ތަޢާރަފްކުރި ޕެކޭޖްތައް މިވަގުތު އިންޝުއަރެންސް ޕެކޭޖްތަކުން ކަވަރުނުކުރި ނަމަވެސް އާސަންދަ ފަދަ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ކަވަރު ކުރެވޭތޯ އެ ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާ މެޑިކަލް ޗެކަޕްތަކުގެ ތެރޭގައި ހިމެނޭ ޓެސްޓްތަކާއި ސްކޭންތައް އެއް ދުވަސްތެރޭގައި ނިންމާލެވޭނެ އިރު، މ ޕެކޭޖްތަކުގެ އަގުތައް އުޅެނީ 3،000ރ. އިން ފެށިގެން 6،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.