ޚަބަރު ފީތާ

ސޮލޮމަން ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ސޮލޮމަން ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމާއި ގުޅިގެން އެ ސަރަހައްދުގެ 4 ޤައުމަކަށް ސުނާމީގެ އިންޒާރު ނެރެފައިވާ އިރު، އެމެރިކާގެ ޖިއޮޖިކަލް ސާރވޭ (ޔޫއެސްޖީއެސް) އިން ބުނީ މިއީ 8.0 މެގްނެޓިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ.

އަދި ޕަޕައު ނިއުގިނީ އާއި ސޮލޮމޮން އައިލެންޑާއި ދޭތެރޭ މި ކަނޑަށް ބިންހެލުން އައިސްފައިވަނީ ސޮލޮމޮން އައިލެންޑުގައި ހިމެނޭ ކީރާކީރާގެ ހުޅަނގު ދެކުނުން 63 މީޓަރ ދުރަށް އަދި 40 މީޓަރ އަޑިއަށް ކަމަށްވެސް ބުނެއެވެ.

ރޮއިޓަރސް އާޙަވާލާދީ ނޫސް އެޖެންސީތަކުން ބުނެފައިވަނީ ސޮލޮމޮން އައިލެންޑާއި ވެނުއާޓޭ އާއި ނައޫރޫ އަދި ކޮސްރީއަށް ސުނާމީ އަރާފާނެކަމުގެ އިންޒާރުދީފައިވާ ކަމަށެވެ.

ރާއްޖޭ ގަޑިން މިރޭ 22:40 އެހާކަންހާ އިރު ސޮލޮމޮން ކަނޑަށް އައިސްފައިވާ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތަކަމަށް ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

 

Rate this post