މެރީޑިއަމް މަޑިފުށި ކަޕް: ގްރޫޕު ސްޓޭޖުގެ ފަހު މެޗު. ދެޓީމަށްވެސް މުހިންމު..

ކޮންމެ އަހަރެއްގެވެސް ބޮޑުޗުއްޓީ ދުވަސްވަރާއިދިމާކޮށް ކޮޅުމަޑުލު މަޑިފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ ތާވަލުގެ އެއްވަނަ ހޯދުމަށް މިއަދުގެ މެޗަކީ ޑީސީ ސްޕޯޓްސް ކުލަބާއި ވަންހަ ގަބީލާއަށް މުހިންމު މެޗެކެވެ.

މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ 27 ވަނަ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ވަންހަ ގަބީލާ އާއި ޑިސީ ސްޕޯޓްސް ކުލަބު މިއަދު ނުކުންނަ އިރު، ތާވަލުގެ އެއްވަނަ މަޤާމު މެޗު އެއްވަރުވިޔަސް ޑީސީއަށް ޔަގީންވާނެއެވެ. އެހެންނަމަވެސް ވަންހަ ގަބީލާ ތާވަލުގެ އެއްވަނަ ހޯދަން ބޭނުންނަމަ، 3 ލަނޑުގެ ތަފާތުން މޮޅުވާން ޖެހެއެވެ.

އިޝްތިހާރު Below Header ad

މި މުބާރާތުގައި މި ދެޓީމު ކުޅުނު މެޗުތަކަށް ބަލާ އިރު، ޑީސީ ސްޕޯޓްސް އަކީ ހަލުވި ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެކެވެ. އެއާއި ޚިލާފަށް ވަންހަ ގަބީލާއަކީ ތަންކޮޅެއް ޢުމުރުން ދުވަސްވީ ކުޅުންތެރިންގެ ޓީމެއް ނަމަވެސް މިހާތަނަށް އެޓީމު ދައްކާފައިވާ ކުޅުމަށް ބަލާއިރު، ޑީސީގެ މައްޗަށް ކުރިނުހޯދޭންވީ ސަބަބެއް ނެތެވެ. އެޓީމުގެ ކުޅުންތެރިންތެރިންގެ ކިބައިގާ އެ ޤާބިލުކަން އެބަހުއްޓެވެ. ” އޯލްޑް އިޒް ގޯލްޑް ” އޭ ބުނާ ބީދައިން ތަޖުރިބާގެ ބޭނުންކޮށްގެން މިހާތަނަށް އެޓީމުން ވަނީ އެކަން ދައްކާފައެވެ.

ޑީސީ ސްޕޯޓްސް ކުލަބަކީވެސް ވަކި ދޫކުރާވަރުގެ ޓީމެއް ނޫނެވެ. އެޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް ހުނަރުންފުރިގެންވާ، ކޮއްޓުމާއި ނެއްޓުމުގައި ކުޅަދާނަ ކުޅުންތެރިންނެވެ. އެހެންކަމުން ބެލެވޭގޮތުގައި އެޓީމުން ބޭނުންވާނީ މިއަދުގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނަ ހޯދާށެވެ.

ފުޓްބޯޅައަކީ ” ވަށް ” އެއްޗަކަށްވާ އިރު، ނަތީޖާ އިނގޭނީ މެޗު ނިމުމުންނެވެ. އިނގޭހާވެސް އެއްޗަކީ މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެއްވެސް ޓީމަކަށް ދޫކުރާވަރުގެ ޓީމެއް ނޫންކަމެވެ. މުބާރާތެއްނަމަ، ކޮންމެވެސް ބަޔަކު ވަކިވާންޖެހޭނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކޮންމެއަކަސް އަހަރުމެން މިތިބީ ބަލާށެވެ. ނަތީޖާގެ އިންތިޒާރުގައެވެ. ސެމީފައިނަލުން ޖާގަ ހޯދާފައިވާ ވެނޯޒިއާވެސް ދަނޑުބޭރުގައި މަޑުކޮށްގެން އެތިބީ އެޓީމާއި ވާދަކުރަންޖެހޭނީ ކޮންޓީމެއްތޯ ބަލާށެވެ.

ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމުގެ މެދުގައި ސެމީފައިނަލުގެ ދެމެޗު ކުޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ސެމީގެ ފުރަތަމަ މެޗުގައި ވާދަކޮށް މޮޅުވާ ޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުވާ އިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ލީގުގެ ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މަޑިފުށީގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުމުވުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތަކީ މި އަތޮޅުގައި ބާއްވާ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތެވެ.

މި މުބާރާތުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.