ދަޢުވަތުގެ ދަތުރެއްގައި ޕާކިސްތާނުގެ ޗިތުރަލް އަށް ދިޔަ މަޝްހޫރު ދާޢީ ޖުނައިދު ޖަމްޝީދު އާއި އޭނާގެ ޢާއިލާ ވަނީ އިއްޔެ ވެއްޓުނު ފްލައިޓް ޕީކޭ 661 ގެ ޙާދިސާގައި އަވަހާރަ ވެފައެވެ.
މި ދަތުރުގައި ޖުނައިދުގެ އިތުރުން އޭނާގެ އަނބިކަނބަލުން ނަހްޔާ ޖުނައިދު އާއި ތިން ދަރިންވެސް ހިމެނެއެވެ.
ޖުނައިދު އުފަންވެފައި ވަނީ 3 ސެޕޓެންބަރި 1964 ގަ އެވެ. ޖުނައިދަކީ މިއުޒިކާއި އެކްޓު ކުރުމާއި ފެޝަންޑިޒައިނަރެއްގެ އިތުރުން ކުޅަދާނަ އިންޖީނިއަރެކެވެ. އެންމެ ފާހަގަ ކޮށްލެވެވެނީ މުޅި ޕާކިސްތާނުގެ އެއިރު އެންމެ ކުޅަދާން އެންމެ މަޝްހޫރު ލަވަކިޔުން ތެރިއަކީ ޖުނައިދުކަމެވެ.

ޖުނައިދު ޖަމްޝީދު އޭނާގެ ރައްޓެހިންތަކަކާއެކު ޗިތުރަލގައި
ޖުނައިދު ޖަމްޝީދަށް ﷲގެ ހިދާޔަތް ލިބުނީ 2004 ގައެވެ. ޖުނައިދު ވަނީ 2004 ގައި މުނިފޫހި ފިލުވުމުގެ ދާއިރާ ދޫކުރިކަންރަސްކޮށް އިޢުލާން ކޮށްފައެވެ. އޭގެ ފަހުން ޖުނައިދު މަސައްކަތް ކުރަމުން ދިޔައީ އިސްލާމް ދީނަށް މީހުން ވެއްދުމަށާއި ދީނި ގޮތުން މީހުން ހޭލުންތެރި ކުރުވުމަށެވެ.ޝައިޠާނާގެ މަގު ދޫކޮށް ﷲގެ މަގަށް ރުޖޫޢަވެފައެވެ.
ދާދިފަހުން 2014 ގައި ޖުނައިދު ޢާންމު ކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ މީހުން މިއުޒިކާާއި ލަވައިގެ މައިދާނަށް ލެންބުމަށް މަސައްކަތް ކުރެވުނިތީ ދެރަވެ ހިތާމަ ކުރާކަމަށައި އެކަމަށްޓަކައި މާފު ކޮށްދިނުމަށެވެ.
ޖުނައިދު ޖަމްޝީދު ވަނީ ދައުވަތުގެ ވަރަށް ގިނަ މަދަހަ އަލްބަމުތަކެއްވެސް ނެރެފައެވެ.
ޖުނައިދު އެންމެ ފަހުން ދިން ހުކުރު ޚުތުބާގައި ނަސޭޙަތް ދީފައިވަނީ މަރުވުމާއި ދިރުއްވުމުގެ މައްޗަށެވެ.
މާތް ﷲ ޖުނައިދު ޖަމްޝިދުއަށާއި އެ ފްލައިޓުން މަރުވި އެންމެހާ މުސްލިމު ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާށި.
އާމީން.
އާމީން