މެރީޑިއަމް މަޑިފުށި ކަޕް: ޑީސީ ސްޕޯޓްސް ކުލަބު މޮޅުވިޔަނުދީ ނެގްޒަސްއިން ހިފަހައްޓައިފި

ތ. އަތޮޅު މަޑިފުށީގައި މިހާރު ކުރިއަށްދާ 27 ވަނަ މެރީޑިއަމް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޑީސީ ސްޕޯޓްސް ކުލަބު 2 ކަނޑު ޖަހާފައިވަނިކޮށް ނެގްޒަސް އިން ފަހަތުންއަރާ އެއްވަރުކޮށްފިއެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޑީސީ ސްޕޯޓްސް ކުލަބުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި މިލަނޑު ޖަހައިދިނީ އެޓީމުގެ ޖާރޒީ ނަމްބަރ 21 އަޙްސަން މުޙައްމަދެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ލިބުނު ސީދާހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލީޑު އިތުރަށް ފުޅާކޮށްދިނީ ޖާރޒީ ނަމްބަރ 39 ޙަސަން މުނާޒެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންނަމަވެސް ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ނެގްޒަސްއިން ޑީސީގެ ގޯލުކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ދިފާޢު ކުރުމުގެ ތެރޭގައި ޑީސީ ސްޕޯޓްސް ކުލަބުގެ ޖާރޒީ ނަމްބަރ 29 މުޙައްމަދު ޙަސީބުގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފުރަތަމަ ހާފު ނިންމާލީ 1-2 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ހާފުގައި ނެގްޒަސްއިން ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 75 ވަނަ މިނެޓުގައި ނެގްޒަސްގެ ޖާރޒީ ނަމްބަރ 9 މުޙައްމަދު މައުސޫމް (މާސޭ) ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރުމެވެ.

06-12-16-2

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޑީސީ ސްޕޯޓްސް ކުލަބުގެ ޖާރޒީ ނަމްބަރ 17 މުޙައްމަދު އާދަމްއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ނެގްޒަސް ޔުނައިޓެޑާއި ވެނޯޒިއާއެވެ. މި މެޗު ފެށުމަށް ތާވަލުކޮށްފައިވަނީ ހަވީރު 15:50ގައެވެ.

މި މުބާރާތް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.

schedule

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.