މެރީޑިއަމް މަޑިފުށި ކަޕް: ވެނޯޒިއާ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް އުއްމީދު އާކޮށްފި

27 ވަނަ މެރީޑިއަމް މަޑިފުށި ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ވެނޯޒިއާ އެސް.ސީ އިން ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.

ވަންހަ ގަބީލާ އާ ބައްދަލުކޮށް އެޓީމުން މިއަދުގެ މެޗު ކާމިޔާބުކުރީ 0-1 ންނެވެ. މިއަދުގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު 20ވަނަ މިނެޓުގައި ވެނޯޒިއާއަށް ޖަހައިދިނީ ޖާރޒީ ނަމްބަރު 27 އަޙްމަދު ޙާފިޒެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެޗުން ވެނޯޒިއާ މޮޅުވުމުން 3 ޓީމެއް ވަނީ ޕޮއިންޓުގެގޮތުން އެއްވަރުވެފައެވެ. އެގޮތުން ވެނޯޒިއާ ދެމެޗު ކުޅެ، 1 މެޗުން ބަލިވެ އެއްމެޗުން މޮޅުވެގެން 3 ޕޮއިންޓު ހޯދާފައިވާ އިރު، ވަންހަ ގަބީލާވެސް ވަނީ ދެމެޗު ކުޅެ، އެއްމެޗުން ބަލިވެ، އެއްމެޗުން މޮޅުވެ 3 ޕޮއިންޓު ހޯދާފައެވެ.

މިއިން ކޮންމެ ޓީމެއްވެސް ދެ ލަނޑު ޖަހާފައިވާ އިރު، ބައިކޮޅަށްވެސްވަނީ ދެ ލަނޑު ވަދެފައެވެ. އަދި ޑީސީ ސްޕޯޓްސް ކުލަބު ވަނީ މިހާތަނަށް އެޓީމުން ކުޅުނު މެޗު ކާމިޔާބުކޮށް 3 ޕޮއިންޓު ހޯދާފައެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޑީސީ ސްޕޯޓްސް ކްލަބާއި ނެގްޒަސް ޔުނައިޓެޑެވެ. މިމެޗު ޑީސީން ކާމިޔާބުކޮށްފި ނަމަ ސެމީފައިނަލަށް ދިއުމުގެ ދޮރު އެޓީމަށް ފުޅާވާނެއެވެ. އަދި ނެގްޒަސް ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެފައިވާތީ، މާދަމާގެ މެޗުން އެޓީމު ބަލިވެއްޖެނަމަ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.

މި ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު ފެށި މި މުބާރާތް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.