
މެރީޑިއަމް މަޑިފުށި ކަޕް: ދެވަނަ މެޗު ޑީސީ ސްޕޯޓްސް އިން ކާމިޔާބުކޮށްފި
ތ. އަތޮޅު މަޑިފުށީގައި މިހާރު ކުރިއަށްދާ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ޑިސީ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.
އެޓީމުން މި މެޗު ކާމިޔާބުކުރީ މަޑިފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޑީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޑީސީ ސްޕޯޓްސް އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 24 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރ 10 އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖާރޒީ ނަމްބަރ 39 އެވެ.
މި މެޗުގައި ވެނޯޒިއާގެ ހަމައެކަނި ލަނޑު 44 ވަނަ މިނެޓުގައި ޖަހައިދިނީ ޖާރޒީ ނަމްބަރ 29 އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ވަންހަ ގަބީލާ އާއި ވެނޯޒިއާ އެވެ. މި މެޗުވެސް ފެށުމަށް ތާވަލުކޮށްފައިވަނީ ހަވީރު 15:50ގައެވެ.
މި ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.









