ނެޝަނަލް ޑްރަގް އޭޖެންސީން ފަރުވާ ހޯދާ ފަރާތްތަކަށް އެސްޓީއޯއިން ވަޒީފާގެ ފުރުޞަތު ހޯދައިދެނީ..

ނެޝަނަލް ޑްރަގް އޭޖެންސީން ފަރުވާ ހޯދާ ފަރާތްތަކަށް އެސްޓީއޯއިން ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު އެވެ. އެންޑިއޭގެ ފަރާތުން ސޮއި ކުރެއްވީ އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް އެވެ.

އިޝްތިހާރު Below Header ad

މިއެއްބަސްވުމުގެ ދަށުން 4 ކުއްޖަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެހިފައިވާ އިރު، މިހަފްލާގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯއިން މިއެއްބަސްވުމުގައި ސޮއި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޑްރަގްގެ ވަބާގައި ޖެހިފައިވާ ކުދިން އެންޑީއޭގެ ރިހެބްލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެ ފަރުވާހޯދުމަށްފަހު މުޖުތަމަޢަށް އެކުދިން ނިކުތުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ.

އަދި އުންމީދަކީ ތަޖުރިބާއަށް ބެލުމަށްފަހު މުސްތަގުބަލުގައި އިތުރު ކުދިންނަށް މިފުރުޞަތު ދޭނެ ކަމުގެ ޔަގީންކަން ޝަހީރު ވަނީ ދެއްވާފައެވެ.

އެންޑީއޭގެ ސީއީއޯ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެންޑީއޭއިން ފަރުވާ ހޯދަމުން އަންނަ ކުދިންނަށް މުޖުތަމަޢަށް އެނބުރި ނުކުތުމަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމަށާއި އެންޑީއޭއިން ކުރާ މަސައްކަތްތަކަށް އެސްޓީއޯއިން ވެދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެސްޓީއޯއިން ވަނީ އެންޑީއޭއިން ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބްލިޓޭޝަން ސެންޓަރގެ ވޮކޭޝަނަލް ތަމްރީން ކޯސްތަކަށް ބޭނުންވާ ތަކެތިވެސް ފޯރުކޮށްދީފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.