މާ ލަސްވެއްޖެ އަވަހަށް ރަނގަޅުކޮށްލާ

ޒަމާނުގެ އަވާގައި ޖެހި ޖީލުތަށް ހަލާކުވުމަކީ ހުރިހައި ޒަމާނަކުވެސް ހިނގަމުންދާ ކަންކަމެވެ.

މައިންބަފައިންނާއި، ބެލެނިވެރިން އަދި މުދައްރިސުންގެ ސީދާ އިހުމާލުން ކުދިންގެ ނުވަތަ ދަރިވަރުންގެ މުހިންމު ބައެއްކަންކަން ހަލާކުވެދިއުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.
އެގޮތުން މިފަހުން އުފެދި ބޮޑެތިވެގެން އަންނަ ގިނަ ކުދިން އެކުދިންގެ މާދަރީބަހަށް ނުފަރިތަ ވުމަކީ އަޅުގަނޑުމެން މުސްތަޤުބަލުގައި އޭގެ ގެއްލުންބޮޑު ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޒަމާނާއި އެއްސަފެއްގައި ފައިހަމަކުރުމުގެ ނިޔަތުގައި އަޅުގަނޑުމެން ބެލެނިވެރިން، ދަރިންނަށް އިނގެރޭސި ބަހުން ނުވަތަ އެހެންވެސް ބޭރުގެ ބަހުރުވަ ތަކުން ވާހަކަ ދައްކަން ބާރުއަޅަ އެވެ.

ބައެއްފަހަރު މަޖުބޫރުވެސް ކުރެއެވެ. އޭގެ ނަތީޖާއެއްގެގޮތުން ކުއްޖާ އޭނާގެ އަމިއްލަ މާދަރީބަހަށް ކޮށިވެ، އެންމެފަހުން މާދަރީބަހަކީ އެއްވެސް ވަރަކަށް މުހިންމުއެއްޗެއް ކަމުގައި ނުވެ އެވެ. އަދި މަދަރުސާތަކުގެ ބަހާއިބެހޭ ނުވަތަ މާދަރިބަހުން ލިޔެފައި ހުންނަ މާއްދާތަކުން އޭގެ ނަތީޖާވެސް ފެންނަނީ ހިތިކޮށެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ މޮޅަށް އިނގެރޭސިބަހުން ވާހަކަދައްކަން  ނޭންގުމަކީ އެއީ ލަދުވެތި މަލާމާތް ރައްދުވާ ކަމެއްގެ ގޮތުގަ އެވެ.

އެހެންކަމުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މޮޅަށް އިނގެރޭސި ބަސް ދަސްކޮށްދިނުމަށް ފޫގަޅާލަ އެވެ.

ނަތީޖާއެއްގެގޮތުން ދަރިން އެކުދިންގެ ކާފަ، މާމަ ފަދަ އިނގެރޭސިބަހަށް ކޮށި މީހުންނާއި މުޢާމަލާކުރުރުން ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ.

ކުޑަމިނުން އެންމެ އަސާސީ ކަންކަމުގައިވެސް ވާހަކަ ދައްކަން ޖެހެނީ ތަރުޖަމާނެއް މެދުވެރިކޮށެވެ. ކުއްޖާގެ ކާފަ ނުވަތަ މާމަ ކައިރީގައި ސާފު ދިވެހިބަހުން ފެންފޮދެއް ދޭށޭ، ބުނަންވެސް ނޭންގުމަކީ ދެރަވަރު ކަންކަމެވެ. ޤައުމެއްގެ އެންމެ ބޮޑު ފޭރާމަކީ އެޤައުމެއްގެ މާދަރީ ބަހެވެ. ޤައުމެއްގެ މާދަރީބަސް އެޤައުމަކަށް ބީރައްޓެހި ވުމަކީ ޤައުމުގެ ޤައުމިއްޔަތު ބަލިކަށި ވެފައިވާކަމުގެ އަލާމާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.