ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަދި އެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ފަރާތެއް ކަމަށްވާ މ. ސްނޯރޯސް ޢަބްދުއްރައޫފް (ގިރާވަރު ރައޫފް) އަވަހާރަވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި އޭނާ އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ސަރުކާރުގައިވެސް ޚިދުމަތް ކުރައްވާފައިވާ ރައޫފް އަވަހާރަވިއިރުވެސް އޭނާގެ ނަމުގައި އަންނަނީ ކ. ގިރާވަރު އައިލެންޑް ރިސޯޓާއި ޅ. ދުފުށި ރިސޯޓް ހިންގަމުންނެވެ. އެއީ ހަތަރު ތަރީގެ ދެ ރިސޯޓެވެ.