އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނެފްރޮލޮޖީ އާއި ޔޫރޮލޮޖީ އާބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު ހެނދުނު 08:30ން ފެށިގެން 12:30 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު އޮތީ އެ ހޮސްޕިޓަލުގެ އޯކިޑް މާލަމުގައެވެ.
އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މާލޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންވެސް ބައުވެރިވެވަޑައިގަންނަވައެވެ.
އައިޖީއެމްއެޗުން ބުނީ މި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމަށް މިހާރުވެސް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ސިއްޙީ މިފަދަ މަޢުލޫމާތު ހޯއްދެވުމަށް ޢަންމު ރައްޔިތުން ދެއްވާ ސަމާލުކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.