ޕާސްޕޯޓާއި ގުޅުންހުރި 3 ޚިދުމަތެއް އިމުގަ ޕޯޓަލަށް

ދިވެހި ޕާސްޕޯޓާއި ގުޅުންހުރި 3 ޚިދުމަތެއް މުޅިން އަލަށް އިމުގަ ޕޯޓަލްއިން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ދިވެހި ޕާސްޕޯޓާއި ގުޅުންހުރި 3 ޚިދުމަތެއް އިމުގަ ޕޯޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ހުށައެޅުމާއި، ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުން ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ބޭނުންނަމަ މީގެކުރިން ޖެހެނީ ސިޓީ ފޮނުވާށެވެ. ނަމަވެސް މިހާރު އިމުގާ ޕޯޓަލްއިން ދިވެހި ޕާސްޕޯޓާއި ބެހޭ ބައިން އިތުރު ޚިދުމަތްތަކުގެ ބައިން އެކަމަށް އެދެވޭނެއެވެ.

ޕާސްޕޯޓް ކޮޕީއަށް އެދި ކުރިން އީމެއިލް ކުރަން ޖެހުނު ނަމަވެސް މިހާރު އިމުގާ ޕޯޓަލްގެ އެޕްލިކޭޝަން ބައިން އެކަމަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށްވެސް ފަސޭހަކަމާއިއެކު މިހާރު އިމުގަ ޕޯޓަލްއިން އެދެވޭނެއެވެ.

”އިމުގަ“ ޕޯޓަލްއަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން އިމިގްރޭޝަނުން ތައާރަފްކޮށްފައިވާ ޕޯޓަލްއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.