
ކަނޑުމަތީގައި ހާލުދެރަވި ބަލިމީހަކަށް، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި
ޕެނަމާއިން ސީޝެލްސްއަށް ދަތުރުކުރަމުން ދިޔަ އެމްއެސްސީ މެގްނިފިކާ ނަމަކަށް ކިޔާ ފަސިންޖަރ ލައިނަކުން ދަތުރުކުރި ފަސިންޖަރަކު ބަލިހާލު ބޮޑުވެ އެހީތެރިކަމަކަށް އެދުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އުމުރުން 78 އަހަރުގެ ފްރާންސް ރައްޔިތެއްގެ ހާލުދެރަވެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް އެހީތެރިކަމަށް އެދިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.



