އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގުރާމު ނިންމުމުގެ ރަސްމިއްުޔާތު ބާއްވައިފި

އިސްލާމީކަންތައްތައްތަކާ ބެހޭ ވުޒާރާއާއި ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއާއި ގުޅިގެން ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގުރާމު ނިންމާލައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމަކީ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދައުލަތުގެ ވުޒާރާތަކަށް އަމާޒުކޮށްގެން ކޮންމެ މަހަކުވެސް ހިންގަމުން ގެންދާ ”މަންތްލީ ސްޕެޝަލް ޕްރޮގުރާމް“ތަކުގެ ތެރެއިން ހިންގުނު ޕްރޮގުރާމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގުރާމުގެ ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްއާއި، ކޮމިޝަނުގެ މެމްބަރުން ވަނީ ބައިވެރިވެޑައިގަންނަވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ތަމްރީން ޕްރޮގުރާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކުމަށް އަވަސް އަދި ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ ތަމްރީނާއި، އޮފީސް މާހައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން މަސައްކަތްތައް ހަލުވިކޮށް، ހަރުދަނާކުރާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.