
ބަރުވަނީ ހަމައެކަނި ކާ އެއްޗިއްސަކުން ނޫން!
މިއީ ޕަރސަނަލް ޓްރައިނަރ ޢަލީ ޝަމީމު ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ މަޢުލޫމާތުކޮޅެކެވެ.
*“ތިބާގެ ބަރުދަން އިތުރުވަނީ ހަމައެކަނި ކާބޯތަކެތީގެ ސަބަބުންނެއް ނޫނެވެ.
އޭގެ އަސްލު ސަބަބަކީ ބޭނުންކުރެވޭ ހަކުރުގެ މިންވަރު އިތުރުވުމެވެ.“*
ގިނަ މީހުންނަށް މިކަން ފާހަގައެއް ނުކުރެވެ އެވެ.
އާންމުކޮށް ކައިބޮއެ އުޅޭ ތަކެތީގެ ތެރެއިން، ދުވާލަކު އެތައް ފަހަރަކު މަދު މިންވަރަކަށް ހަކުރު ހަށިގަނޑަށް އެތެރެވަމުންދެއެވެ. މިސާލަކަށް:
ހަކުރު އަޅާފައި ހުންނަ ކޮފީ
ފޮނި ބުއިންތައް
ފޮނިކާ އެއްޗެހި
ހަކުރު އެއްކޮށްފައި ހުންނަ ކިރު
މިގޮތަށް ކޮންމެ ދުވަހަކު ބޭނުންކުރެވޭ ކުޑަ މިންވަރު، މަޑުމަޑުން އިތުރުވެ ހަށިގަނޑަށް ބޮޑު ބުރައަކަށް ވެއެވެ.
ބަރުދަން ލުއިކުރުމުގައި ހަކުރު މަދުކުރުން މުހިންމުވާ ސަބަބުތަކަކީ:
ހަކުރަކީ ވަގުތުން ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ. އެ ހަކަތަ ބޭނުން ނުކުރެވިއްޖެނަމަ، ހަށިގަނޑުގައި ސަަރުބީގެ ގޮތުގައި އެ ރައްކާކުރެއެވެ.
ހަކުރުގެ ސަބަބުން ކާހިތްވުން އިތުރުކޮށްދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކައި ނިމޭތާ މާގިނައިރުތަކެއް ނުވެ އަލުން ބަނޑުހައިވާކަމުގެ އިހުސާސް ކުރެވޭނެއެވެ.
ހަކުރު ބޭނުންކުރުމުން ބަނޑުފުރޭކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. އެހެންކަމުން، ބޭނުންވާ ވަރަށް ވުރެ ގިނައިން ކެވޭ ގޮތް މެދުވެރިވެއެވެ.
ހަކުރުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވުމަށް ހުރަސްއަޅައެވެ. ސަބަބަކީ ހަށިގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ އަންދާލުމުގެ ބަދަލުގައި، ހަށިގަނޑުން އިސްކަންދެނީ އަލަށް އެތެރެވާ ހަކުރު އަންދާލުމަށެވެ.
ތިބާއަށް އޮތް އާދައިގެ އުސޫލަކީ:ކުރިން ހުރިހާ އެއްޗެއް ހުއްޓާލުމުގެ ބަދަލުގައި، އެންމެ ފުރަތަމަ ހަކުރު ކޮންޓްރޯލް ކުރަން ފަށާށެވެ.
• ސައި ނުވަތަ ކޮފީގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރާށެވެ.
• ފޮނި ބުއިންތަކާ ދުރުހެލިވާށެވެ.
• ކޮންމެ ދުވަހަކު ފޮނިކާ އެއްޗެހި ކެއުން ހުއްޓާލާށެވެ.
މިގޮތަށް އެންމެ 2 ހަފުތާ އަމަލުކޮށްލުމުންވެސް، ހަށިގަނޑަށް ލުއިކަން އިހުސާސްވާން ފަށާނެއެވެ.
މިއީ ކުޑަ ބަދަލެކެވެ. ނަމަވެސް ނަތީޖާ ވަރަށް ފުރިހަމަވާނެއެވެ.
إن شاء الله



