ކޮންމެ ދުވަހަކު އާމަންޑް ބަޓަރު ކެއުމުން ހަށިގަނޑަށް ވަނީ ކިހިނެއް؟

ކޮންމެ ދުވަހަކު އާމަންޑް ބަޓަރު ކެއުމަކީ ހިތުގެ ޞިއްޙަތަށް ފައިދާހުރި ފެޓްސް އާއި ބަނޑުހައިކަން ކުޑަކޮށްދޭ ފައިބަރު ލިބޭ ކަމެކެވެ.

ނަމަވެސް މީގައި ކެލޮރީ ގިނަވެދާނެ އެވެ. ޚާއްޞަކޮށް އިތުރަށް ތެލާއި ހަކުރު އަޅާފައި ހުންނަ ބްރޭންޑްތަކުގަ އެވެ. ކަނދު ބަޓަރާއެކު އެހެން ކާބޯތަކެތި ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަމަހަމަކޮށް ލިބުމަށް އެހީތެރިވެދެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮންމެ ދުވަހަކު މީތި ކެއުމުން ހިތުގެ ޞިއްޙަތަށް ބޭނުންވާ ފެޓްސް، ފައިބަރު އަދި ވިޓަމިން އީ ފަދަ މުހިންމު ވިޓަމިންތައް ލިބެ އެވެ.

1. ހިތުގެ ޞިއްޙަތަށް ފައިދާހުރި ފެޓްސް ލިބުން

”ކޮންމެ ދުވަހަކު ކަނދު ބަޓަރު ކެއުމުން ހިތުގެ ޞިއްޙަތަށް ރަނގަޅު ފެޓްސް އަބަދުވެސް ލިބުމަށް މަގުފަހިވޭ،“ ފިގް ލޭން ނިއުޓްރިޝަންގެ ވެރިޔާ އަދި ނިއުޓްރިޝަނިސްޓް ޕާކާ ލޭން، ’ހެލްތު‘ މަޖައްލާއަށް ކިޔައިދިނެވެ. ”ސެޗުރޭޓެޑް ފެޓްސްގެ ބަދަލުގައި އަންސެޗުރޭޓެޑް ފެޓްސް ގިނަ އާމަންޑް ބަޓަރު ފަދަ ތަކެތި ބޭނުންކުރުމުން، ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް (LDL) ދަށްކޮށްދިނުމަށް އެހީތެރިވެދޭ.“

އާމަންޑްގައި ހިތުގެ ޞިއްޙަތަށް މުހިންމު މެގްނީޒިއަމް، ފައިބަރު އަދި ވިޓަމިން އީ ގިނައިން އެކުލެވޭތީ، ޤަވާޢިދުން ކެއުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި އާމަންޑް ފަދަ ނަޓްސް ގިނައިން ކެއުމުން ހިތުގެ ލޭހޮޅިތަކުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދެ އެވެ.

2. ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުން

އާމަންޑްގައި ހުންނަ ފައިބަރާއި ޕްރޮޓީންގެ ސަބަބުން ލޭގެ ތެރެއަށް ހަކުރު ދައުރުވާ މިންވަރު ލަސްކޮށްދެއެވެ. ”އާމަންޑް ބަޓަރުގެ ސަބަބުން ކާބޯތަކެތި ހަޖަމުވުން ލަސްވެ، ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ދަމާ މިންވަރު މަދުވޭ. މީގެ ސަބަބުން ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ހަށިގަނޑުގެ ވަރުބަލިކަން ކުޑަވޭ،“ ލޭން ބުންޏެވެ.

3. ގިނަވަޤުތު ބަނޑު ފުރިފައި ހުންނަހެން ހީވުން

”ހުރިހާ ނަޓް ބަޓަރެއްގައިވެސް ފެޓް، ފައިބަރު އަދި ޕްރޮޓީން ހުރޭ. އެހެންވެ އެހެން ކާ އެއްޗަކާއެކު ކެއުމުން ގިނަވަގުތު ބަނޑުފުރިފައި ހުންނަހެން ހީވޭ،“ ނިއުޓްރިޝަނިސްޓް މޭގަން ރޯ ބުންޏެވެ. މި މާއްދާތަކުގެ ސަބަބުން ހަޖަމުކުރުން ލަސްވެ، ބަނޑު ފުރިފައި ހުންނަކަން އިހުސާސްކޮށްދޭ ހޯމޯންތައް އުފައްދަ އެވެ.

މިސާލަކަށް: އޯޓްސް ތައްޓެއް ނުވަތަ އާފަލު ފޮއްޗެއް ހުސްކޮށް ކެއުމަށްވުރެ، އޭގައި އާމަންޑް ބަޓަރު އުނގުޅައިގެން ކެއުމުން ބަނޑުހައިކަން މާ ބޮޑަށް ކުޑަކޮށްދެ އެވެ.

4. ހަންގަނޑަށް ކުރާ ފައިދާ

އާމަންޑް ބަޓަރަކީ ވިޓަމިން އީ ލިބޭ އެންމެ ރަނގަޅު އެއް ވަސީލަތެވެ. ވިޓަމިން އީ އަކީ ހަންގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ ވަރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މީގެ އިތުރުން އަވިން ލިބޭ ގެއްލުންތަކުން (UV damage) ހަންގަނޑު ސަލާމަތްކޮށްދީ، މުސްކުޅިވުމުގެ އަލާމާތްތައް ލަސްކޮށްދެ އެވެ.

5. ހަޖަމުކުރުމުގެ ނިޒާމަށް ފައިދާވުން

އާމަންޑް ބަޓަރުގެ ކޮންމެ 2 ސަމުސަލަކުން 3 ގްރާމްގެ ފައިބަރު ލިބެ އެވެ. މިއީ ބަނޑުގެ ޞިއްޙަތަށް ރަނގަޅު ބެކްޓީރިއާ އުފައްދައި، ބޮޑުކަމުދިއުން ޤަވާޢިދުކޮށްދޭ ކަމެކެވެ. ފައިބަރު ގިނަ މޭވާއާއެކު ބޭނުންކުރުމުން ބަނޑުގެ ޞިއްޙަތަށް އިތުރު ފައިދާ ލިބެ އެވެ.

އާމަންޑް ބަޓަރުގެ ނިއުޓްރިޝަން (2 ސަމުސާގައި):

  • ކެލޮރީ: 196.4

  • ފެޓް: 17.76 ގްރާމް

  • ޕްރޮޓީން: 6.7 ގްރާމް

  • ކާބްސް: 6.02 ގްރާމް

  • ފައިބަރު: 3.3 ގްރާމް

  • ވިޓަމިން އީ: ދުވާލަކަށް ބޭނުންވާ މިންވަރުގެ 51.6%

  • މެގްނީޒިއަމް: ދުވާލަކަށް ބޭނުންވާ މިންވަރުގެ 21.24%

އާމަންޑް ބަޓަރުގައި ކެލޮރީ ގިނަ ނަމަވެސް، މީގައި ގިނަ އަދަދަކަށް ފައިދާހުރި މާއްދާތައް ހުރެއެވެ. ޕީނަޓް ބަޓަރާ އަޅާބަލާއިރު އާމަންޑް ބަޓަރުގައި ވިޓަމިން އީ، މެގްނީޒިއަމް އަދި ފައިބަރު ގިނަ އެވެ. ނަމަވެސް ޕީނަޓް ބަޓަރުގައި ޕްރޮޓީން އަދި ފޯލޭޓް (Folate) ކުޑަކޮށް ގިނަ އެވެ.

ކޮންމެ ދުވަހަކު ކެއުމުން ހުރި ނުރަނގަޅު ކަންކަމަކީ ކޮބާ؟

އާމަންޑް ބަޓަރު ކެލޮރީ ގިނަ އެއްޗެކެވެ. އެހެންކަމުން މިންވަރު ބަލައިގެން ނުކައިފިނަމަ ބަރުދަން އިތުރުވެދާނެ އެވެ. ބައެއް ބްރޭންޑްތަކުގައި ހަކުރާއި، ލޮނާއި، ތެޔޮ ގިނައިން ހުރެ އެވެ. އެހެންކަމުން ގަންނައިރު ލޭބަލް ކިޔުން މުހިންމެވެ. އަދި އާމަންޑް ފަދަ ތަކެއްޗަށް އެލާޖިކްވާ މީހުން މީތި ކައިގެން ނުވާނެ އެވެ.

އާމަންޑް ބަޓަރު ޞއްޙތަށް ފައިދާހުރި ގޮތުގައި ބޭނުންކުރާނީ ކިހިނެއް؟

  • ބޭނުންކުރާނެ މިންވަރު: ބަރުދަން އެއްވަރެއްގައި ހިފަހައްޓަން ބޭނުންނަމަ ދުވާލަކު 2 ސަމުސަލުން ފުއްދާލާށެވެ.

  • އެކުގައި ބޭނުންކުރާނެ ތަކެތި: އާފަލު، އޯޓްމީލް، ޔޯގަޓް ނުވަތަ ސްމޫތީއާ އެއްކޮށްލާށެވެ.

  • ބަލަންވީ ކަންކަން: ހަމައެކަނި ކަނދާއި ކުޑަ ލޮނުކޮޅެއް ހުންނަ ސާދާ ބަޓަރު ހޯދާށެވެ. ހަކުރާއި ޕާމް އޮއިލް އަޅާފައި ހުންނަ ބާވަތްތައް ދޫކޮށްލާށެވެ.

  • ޢާންމުކޮށް ކުރެވޭ ސުވާލުތައް.

    ޕީނަޓް ބަޓަރަށްވުރެ އާމަންޑް ބަޓަރު ޞިއްޙަތަށް ރަނގަޅުތަ؟ ދެ ބާވަތުގައިވެސް ފައިދާހުރި މާއްދާތައް ހުރެ އެވެ. އެކަމަކު އާމަންޑް ބަޓަރުގައި ވިޓަމިން އީ އާއި ފައިބަރު ގިނަ އެވެ. ޕީނަޓް ބަޓަރުގައި ޕްރޮޓީން ގިނަ އެވެ. އެންމެ ރަނގަޅު ގޮތަކީ ތިމާ ބޭނުންވާ ފައިދާއަކަށް ބެލުމެވެ.

    ބަރުދަން ލުއިކުރަން އާމަންޑް ބަޓަރު އެހީވޭތަ؟ އާނއެކެވެ، މަދު މިންވަރަކަށް ކެއުމުން ބަރުދަން ލުއިކުރުމަށް އެހީވެ އެވެ. މީގައި ހުންނަ ޕްރޮޓީންގެ ސަބަބުން ބަނޑުފުރިފައި ހުންނާތީ މާ ގިނައިން ކެއުމުން ދުރުކޮށްދެ އެވެ. ނަމަވެސް މާ ގިނައިން ކައިފިނަމަ ކެލޮރީ އިތުރުވާނެ އެވެ.

    ކޮންމެ ދުވަހަކު އާމަންޑް ބަޓަރު ކެއުން ރަނގަޅުތަ؟ ކޮންމެ ދުވަހަކު ކެއުމަކީ މައްސަލައެއް ނޫނެވެ، އެކަމަކު ޞިއްޙަތަށް އެންމެ ރަނގަޅީ އެކި ބާވަތުގެ ފެޓްސް ހިމެނޭ ތަކެތި ބަދަލުކޮށްގެން ކެއުމެވެ.

  • ޚުލާސާ: އާމަންޑް ބަޓަރަކީ ހިތާއި، ހަންގަނޑާއި، ހަޖަމުކުރުމުގެ ނިޒާމަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް ބަރުދަން އިތުރުވިޔަ ނުދިނުމަށްޓަކައި މިންވަރު ބަލައިގެން ކެއުން މުހިންމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.