ލައިލަތުލް ޤަދަރި: އެރޭކުރާ ދުޢާގެ ބާރު އެނގޭ؟

މިއީ ތިބާގެ މުޅި މާޒީއާއި މުސްތަޤުބަލު ބަދަލުކޮށްލަނިވި ރެއެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަޚްލޫޤުންނަށް ބައްލަވައި ވޮޑިގެންވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ރޭ ހޯދުމަށާއި އެ ރޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަކީ ކިހާ މުހިންމު ކަމެއްކަން ބަޔާންކުރައްވައި، އެކަލާނގެ ވަނީ އެ ރެއަށް ޚާއްޞަ ސޫރަތެއް (ސޫރަތުލް ޤަދްރި) ބާވައިލައްވާފަ އެވެ.

ކުރިއަށް އޮތް އަހަރު ތިބާއަށް މެދުވެރިވާނެ ހުރިހާ ކަމެއް ލިޔެވި، މަލާއިކަތުންނަށް އެކަންކަން ޙަވާލުކުރެވެނީ މި ރޭގަ އެވެ.

  • މަރުވާނެ މީހުން ލިޔެވެ އެވެ.

  • ބަލިވާނެ މީހުން ލިޔެވެ އެވެ.

  • ބަލިން ފަސޭހަވާނެ މީހުން ލިޔެވެ އެވެ.

  • ކައިވެނިކުރާނެ މީހުން ލިޔެވެ އެވެ.

  • ދަރިން ލިބޭނެ މީހުން ލިޔެވެ އެވެ.

ނަމަވެސް މީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިބާ ކުރާ ދުޢާއަކީ މިންވަރުފުޅު (ޤަދަރު) ބަދަލުކޮށްލުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ.

ކުރިއަށް އޮތް އަހަރު ތިބާއަށް ކާރު އެކްސިޑެންޓެއް ކުރިމަތިވުމަށް މިންވަރުކުރެވިފައި އޮތް ނަމަވެސް، ތިބާ ކުރާ ދުޢާއެއްގެ ސަބަބުން އެކަން މުޅިން ބަދަލުވެދާނެ އެވެ. މި ދުނިޔޭގައިވާ އެންމެ ބަދުނަސީބު މީހަކީ، މި މާތް ރޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފާ މީހާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.