
ޓްރަމްޕް މިފެށީ ކޮންޓްރޯލް ނުކުރެވޭނެ ހަނގުރާމައެއް – މީޑިއަލް އީށް އައިގެ ޗީފް
ޓްރަމްޕް މިފެށީ އެމެރިކާ އާއި އިސްރާއީލަށް ކޮންޓްރޯލް ނުކުރެވޭނެ ހަނގުރާމައެއް ކަމަށް މީޑިއަލް އީސްޓް އައިގެ އެޑިޓަރު އިން ޗީފް ވުދާޅުވެއްޖެ އެވެ.
ޑޭވިޑް ހާރސްޓް ވިދާޅުވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ އެކު ފުރިހަމަ ހަނގުރާމައަކަށް ދާއިރު، މިއީ ވޮޝިންޓަނަށް ވެސް އަދި އިސްރާއީލަށް ވެސް ކޮންޓްރޯލް ނުކުރެވޭނެ ހަނގުރާމައެއްކަން އެނގެންޖެހޭނެ ކަމަށެވެ.
އީރާނާ މެދު ޓްރަމްޕް ގެންގުޅުއްވި އުސޫލާއި ޔޫކްރޭނަށް އަރައިގަތުން ގޯސްކޮށް ހިސާބުކުރި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އަޅާކިޔާއިރު، މާ އިތުބާރު ބޮޑުވުމާއި ޔަޤީން ނިންމުންތައް ނިންމި ގޮތް މާ ނުރައްކާތެރިކަން ފާހަގަކޮށްލެވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވަނީ އީރާނާއެކު ހަނގުރާމައެއް ކުރުމަށް ވަކާލާތު ކުރަމުން ކަމަށާއި އެއީ އޭނާ ގަބޫލުކުރާ ގޮތުގައި އީރާނަކީ ”ޓްރަމްޕާއި ނަތަންޔާހޫގެ ވެސް ދުޝްމިނުން“ނެވެ.



