ކެންސަރުން ރައްކާތެރިވުމަށް

ކެންސަރުބަލީން ދުރާލާ ރައްކާތެރިވުމަށް، ތާޒާ، މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށް، ސިއްޙީ މާހިރުން ލަފާދެއްވަ އެވެ.

ރާއްޖޭގައި ނިސްބަތުން ކެންސަރު ބަލި އިތުރުވާ މިންވަރު އިތުރުވަމުން އަންނަ އިރު، މި ބަލީގެ 3/1 ބާވަތުގެ ކެންސަރަކީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި ނަމަ ސަލާމަތް ވެވޭނެ އެއްޗެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ބޭނުންކުރާ މޭވާ އަދި ތަރުކާރީއަކީ ރައްކާތެރި ތާޒާ ތަކެއްޗަށް ހެދުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތާޒާ، މޭވާ އަދި ތަރުކާރީއޭ މި ބުނެވެނީ، ކެމިކަލް ބޭނުން ނުކޮށް ހައްދާފައި ހުންނަ ބާވަތްތަކެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރަމުން ޒަމާނީ ވަމުން އަންނަ އިރު، ކެމިކަލް އެކުލެވޭ ޕެސްޓިސައިޑްސް ތަކުގެ ބަދަލުގައި ބަޔޯޕެސްޓިސައިޑްސް ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހެ އެވެ.

އެގޮތުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓީސް(އެމްގެޕް) އަށް ދަނޑުތައް ސެޓީފައި ކުރުމަކީ، ކުރިން ފާހަގަ ކުރި، ރައްކާތެރި ތާޒާ މޭވާ އާއި ތަރުކާރީ އުފެއްދޭ މިންވަރު އިތުރުވާނެ ކަމެކެވެ.

މިއީ ރާއްޖޭގެ ހުރިހާ ދަނޑުވެރިންވެސް އިސްކަމެއް ދެއްވަން ޖެހޭ ކަމެކެވެ. މީގެ އިތުރުން ދަނދުވެރިކަމުގައި އަމަލުކުރާނެ ގަވައިދާއި، އުސޫލާއި، ހަމަތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަކީ ވެސް ރައްކާތެރި ތާޒާ ކާނާ އިތުރު ކުރެވިދާނެ ކަމެކެވެ.

އާންމުކޮށް ގޭގޭގެ ބެލްކަނީ ނުވަތަ ގޯތި ތެރޭގައި އަމިއްލަ ބަދިގެއަށް ބޭނުންވާނެ މިންވަރަށް ކާބޯތަކެތި އުފައްދާ މީހުންވެސް މަދެއްނޫނެވެ. މިފަދަ ފަރާތްތަކުންވެސް ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކުރުމަށް ބަޔޯޕެސްޓިސައިޑްސް ބޭނުން ކުރުން މުހިންމުވެފައި ރައްކާތެރި އެވެ.

އެކި ބަލިތަކަށް ބޭނުން ކުރެވިދާނެ ބަޔޯޕެސްޓިސައިޑްސް އާއި ގުޅޭ މައުލޫމާތު މި ވުޒާރާގެ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ލިބެން ހުންނާނެ އެވެ.

އެފަދަ މައުލޫމާތުތައް ހޯދަވައި، އަޅުގަނޑުމެން އުފައްދާ ބޭނުން ކުރާ ކާނާ އަކީ ރައްކާތެރި ތާޒާ ތަކެއްޗަށް ހެދިދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.