މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން- މެލޭޝިއާ (އެމް.އެސް.އޭ.އެމް)ގެ އަލަށް އިންތިހާބުވި އެކްސްކޯ އާ މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި

މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއެޝަން މެލޭޝިއާ(އެމް.އެސް.އޭ.އެމް) ރަސްމީކޮށް 2025 އޭޕްރިލް 28ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިފްތިތާހްކުރައްވާފައެވެ. އިންތިޤާލީ މަރުހަލާއަށްފަހު (އެމް.އެސް.އޭ.އެމް)ގެ އެކްސްކޯގެ އިންތިހާބް ބާއްވާ، 11 ފެބްރުއަރީ 2026ގައި އަލަށް އިންތިހާބްވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތުވަނީ ހަވާލުކުރެވިފައެވެ.

މެލޭޝިއާއަކީ ދިވެހިކިޔަވާކުދިން އެންމެ ގިނަ ޤަޢުމުތަކުގެ ތެރޭގައި ހިމެނޭ އެއްޤަޢުމެވެ. މެލޭޝިއާއަށް ދިވެހިކިޔަވާކުދިން އަންނަން ފެށިފަހުން މިވަނީ 40 ވަރަކަށް އަހަރެވެފައެވެ. އެމް.އެސް.އެ.އެމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މެލޭޝިއާގައި ދިވެހި ކިޔަވާކުދިންގެ މިފަދަ ޖަމްއިއްޔާއެއް ވުޖޫދުވެގެންދާމީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފާވެއެވެ. އަދި މިފަދަ ޖަމްއިއްޔާއެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމް.އެސް.އޭ.އެމް އިފްތިތާހްކުރުމާގުޅިގެން، އެމް.އެސް.އޭ.އެމްގެ އެކްސްކޯ އެކުލަވާލުމުގެ މަސައްކަތްވަނީ ކުރިއަށް ގެންދެވިފައެވެ. އެކްސްކޯ އެކުލަވާލުމަށް ބޭއްވުނު އިންތިހާބަށްފަހު، އަލަށް އިންތިހާބުވި އެކްސްކޯގެ މެމްބަރުންނާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފާ ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ. މިރަސްމިއްޔާތުގައި އެކްސްކޯގެ މެމްބަރުންނާ ސަފީރު މުހާތަބުކުރެއްވިއެވެ. ސަފީރުގެ ވާހަކަކޮޅުގައި މެލޭޝިއާގައި ކިޔަވާ ހުރިހާ ދިވެހިދަރިވަރުން ގުޅިގެން އެކުއެކީގައި ތިބުމަށާއި، އަދި ދަރިވަރުންނާއި ކޮމިއުނިޓީގައި އުޅުއްވާ ދިވެހީންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރެއްވުމަށް ނަސޭހަތްތެރިވިއެވެ. ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް އަރައިގަނެ، ދަރިވަރުންގެ ގޮތުގައި ދެމިތިބުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، އަލަށް އިންތިހާބުވި އެކްސްކޯގެ ލީޑަރޝިޕްގެ ދަށުން ކުރިމަގުގައި ގިނަ ހަރަކާތްތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަލަށް އިންތިހާބުވި އެކްސްކޯގައި ހިމެނޭ މަޤާމްތަކުގެ ތެރޭގައި، ޖަމްއިއްޔާގެ ރައީސް، ނައިބު ރައީސް(2)، ސެކްރެޓަރީ ޖެނެރަލް، ޓްރެޜަރަ، އަދި 4 ޖެނެރަލް މެމްބަރުން ހިމެނެއެވެ. މި މަޤާމްތަކަށް ހޮވިފައިވަނީ މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީ، އިންފްރާސްޓަރްކްޗަރ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ނޮޓިންގްހަމް، ސަންވޭ ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ، އަދި މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއަށް ނިސްބަތްވާ ދަރިވަރުންނެވެ. އެމް.އެސް.އޭ.އެމްގެ ރައީސް ކަމަށް ހޮވިފައިވަނީ ޓެއިލަރސް ޔުނިވަރސިޓީގެ ދަރިވަރު މަރިޔަމް ޒިހްނީ އެވެ.

އަލަށް އިންތިހާބުވި އެކްސްކޯ އިފްތިތާހްކުރުމުގެ އިތުރުން، ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ އެމް.އެސް.އޭ.އެމްގެ އާ ލޯގޯވެސް އިފްތިތާހްކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.