”ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް“ މަޝްރޫޢުގެ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީގެ 6 ވަނަ ބައްދަލުވުން ބާއްވައިފި

”ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް“ މަޝްރޫޢުގެ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީގެ 6 ވަނަ ބައްދަލުވުން 11 ފެބުރުވަރީ 2026 ގައި ބާއްވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ ޒިޔާދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބައްދަލުވުމުގެ ތެރެއިން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި، މި އަހަރަށް ރޭވިފައިވާ ހަރަކާތްތައް ކަމާގުޅުންހުރި ފަރާތްތަކާ ހިއްސާކުރެވުނެވެ. މީގެ އިތުރުން، މަޝްރޫޢުގެ ހަރަކާތްތައް އެންމެ ފުރިހަމައަށް އަދި ކަނޑައެޅިފައިވާ ވަގުތަށް ނިންމުމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ މި ބައްދަލުވުމުގައި އެ ފަރާތްތަކުން ވަނީ ހިއްސާކޮށްފައެވެ.

”ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް“ މަޝްރޫޢު އަކީ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ހިލޭއެހީގައި، ޖައިކާއާއި ދިވެހި ސަރުކާރާގުޅިގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ހިންގުމަށް، 2023 ވަނަ އަހަރު، ޖައިކާއާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.