ޓެކްނޮލޮޖީގެ މައިދާނުގައި ދިވެހިބަސް އޮތީ އެހާ ފަހަތަކު ނޫން

ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިބަސް އޮތީ އެހާ ފަހަތަކު ނޫންކަމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯދާފައިވާ، އަލްފާޟިލް ނާއިލް ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ. ނާއިލް މިހެން ވިދާޅުވެފައިވަނީ މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ބޭއްވި ހުވަން ނަކަތުގެ ސިންތާގައި ބައިވެރިވި ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދިވެހިރާއްޖެއަށް ވުރެ އާބާދީ ބޮޑު ޤައުމުތަކުގެ ބަސްތަކަށް ބަލައި ދިވެހިބަސް އޮތީ ފަހަތުގައި ނޫންކަމަށާއި އެހެން ނަމަވެސް އެގޮތަށް ވިސްނައި ހިތްހަމަޖައްސައިގެން އިތުރަށް ބަސް ކުރިއެރުވުމަށް މަސައްކަތް ނުކޮށް ތިބުން އެ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗެޓްޖީޕީޓީ، ކްލައުޑް، ޖެމިނައި މި ތިން ބޮޑު އޭއައި އެޖެންޓަށް ވެސް ދިވެހިބަސް މިހާރު އެނގޭކަމުގައި ފާހަގަކުރައްވައި ވިދާޅުވެފައިވަނީ މިހާރު މަދުވަނީ އިންސާނަކު ތަރުޖަމާ ކުރާ ފެންވަރަށް ދިވެހި އެހެން ބަސްބަހަށް ތަރުޖަހާކުރުން ކަމުގައި އޭނާ އިތުރަށް ފާހަގަކުރެއްވެވިއެވެ. މިކަން ވެސް ކައިރި މުސްތަގުބަލުގައި ވުން މި އޭނާގެ އުންމީދުކަމުގައި ވިދާޅުވިއެވެ.

ގިނަ ބަޔަކު މިހާރު ވެސް ދިވެހިބަށް ގޫގަލްގެ އެކި މަންސަތަކުގައި ތަފާތު އެކި ގޮތްތަކަށް ބޭނުންކުރަމުންދާއިރު މިއަދުގެ ސަރުކާރުން ދަނީ ދިވެހިބަހަށް ވަކި ޚާއްޞަ ސަމާލުކަމެއް ދެއްވައި މިކަމަށް ވަކި ޚާއްޞަ ވުޒާރާއެއް ވެސް އުފައްދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.