މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑް އިންޝުއަރެންސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސް ކޮމެޕްނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ކުންފުނީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ލުވައިޒްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ވަރަށް މުހިިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި އެލައިޑް އިންޝުރެންސް ކުންފުންޏަކީ ރައްކާގެ އެންމެ ދުވަސްވީ ޕާޓްނަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއާއި، ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުގެ އިތުރުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އަންޑަރ ރައިޓިންގ އޮފިސަރ ލޫލިއާނާ ރުސެއިއާއި ޖެނެރަލް މެނޭޖަރ ނަސްރަތު މުޙައްމަދު ބައިވެރިވެލެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.