އުކާލެވޭ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފައްދާނެ ގޮތް ޤައިދީންނަށާއި އޮފިސަރުންނަށް

ކާދު ސަތޭކަ ޕްރޮގްރާމް ދަށުން، ޤައިދީންނަށާއި އޮފިސަރުންނަށް ތިން ވަރކްޝޮޕް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީޢެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު(ކަސްކާނާ) އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 9ވަނަ ދުވަހުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިދިޔަ މަހުގެ 25 އިން ފެށިގެން 27ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވަރކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ އޮފިސަރުންނަށާއި އައްސޭރި ޖަލުގެ ޤައިދީންނައި މާފުށީ ޖަލުގެ ފިރިހެން ޤައިދީން އަދި އަންހެން ޤައިދީންނަށް ވަކިންނެވެ.

recycle

މިގޮތުން ޖުމްލަ 42 ޤައިދީންނާއި 33 އޮފިސަރުން މި ވަރކްޝޮޕްތަކުގައި ބައިވެރިވެފައިވެއެވެ.

މި ވަރކްޝޮޕްތަކަކީ ކަރެކްޝަން އާއި ސޮނެވާ ނަމޫނާއާ ދެމެދު ސޮއިކުރެވިފައިވާ ފަހުމްނާމާގެ ދަށުން، ޖަލުތަކުގައި ކާދު ސަތޭކަ ޕްރޮގްރާމް ފަށައި، ޖަލުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.

މިފަދަ ޕްރޮގްރާމްތައް ޤައިދީންނަށް ހިންގުމުގެ މަޤްޞަދަކީ، ޙުކުމް ތަންފީޛުކުރުމަށް ފަހު ޤައިދީން އަނބުރާ މުޖުތަމަޢަށް ނިކުންނައިރު ދިރިއުޅުމުގައި ޢާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ނޫނީ ހުނަރް ދަސްކޮށްދީ، ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

އެގޮތުން އުކާލެވޭ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފައްދައި، ދިރިއުޅުން ތިމާވެއްޓާ ރައްޓެހިގޮތަށް ބައްޓަންކޮށް، ދަސްކޮށްދެވޭ މަސައްކަތްތަކުން މަންފާއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ވަރކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ކޮމާންޑްގެ އިސްނެގުމުގެ ދަށުން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްއާ ގުޅިގެން ސޮނެވާ ނަމޫނާގެ މާހިރުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.