ސައުތް އޭޝިޔާގެ ބައިނަލްއަޤްވާމީ ކޮންފެރެންސެއްގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާ!

ބަންގްލަދޭޝްގެ ޑާކާގައި، ”ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ“ (ސަރޗް 2026)ގެ ނަމުން ކުރިއަށްގެންދިޔަ ކޮންފެރެންސްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ވަނީ ދިވެހިރާއްޖެ ތަމްސީލުކުރައްވައިފައެވެ.

އެކި ޤައުމުތަކުގެ އިސްބޭފުޅުން ބައިވެރިވި މި ކޮންފެރެންސްގައި، މަތީ ތަޢުލީމީ ދާއިރާގެ މުސްތަޤުބަލް ބިނާކުރުމުގައި، ދިރާސާކުރުމާއި، އުފެއްދުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި އިޖުތިމާއީގުޅުން ބަދަހިކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، މި ކޮންފެރެންސްގައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް، ފާތިމަތު މުޙައްމަދު ވަނީ ދިވެހިރާއްޖެ ތަމްސީލުކުރައްވައި ޚިތާބުދެއްވަވައިފައެވެ. މި ޚިތާބުގައި އެކަމަނާ ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ޤައުމުތަކާއި ގުޅިގެން ޢިލްމީ މަސައްކަތްތަކާއި ދިރާސާގެ ޢަލީގައި މަތީ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ (ސަރޗް 2026)ގައި މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ފާތިމަތު މުޙައްމަދުގެ އިތުރުން މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.