ރަހަފަތް؛ އިސްރަށްވެހިންގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި!

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު ’ރަހަފަތް‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

”ރަހަފަތް“ މައުރަޒަކީ އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ މައުރަޒެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މައުރަޒުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހި ސަގާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. އޭގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކުރުމަށް މަގުފަހިކުރުމަކީވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެކެވެ.

”ރަހަފަތް“ މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އައިޑީކާޑު ހިއްޕަވައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކުރައްވައިގެން ނަންނޯޓު ކުރެއްވޭނެއެވެ. މީގެ އިތުރުން 3027586 ނުވަތަ 3027587 އަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީ ކުރެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ރަޖިސްޓްރީވުމުގެ ފުރުޞަތު 18 ޖެނުއަރީ 2026 އިން ފެށިގެން 21 ޖެނުއަރީ 2026 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ކުރައްވާއިރު، މައުރަޒަށް ތައްޔާރުކުރައްވާ ބާވަތްތަކުގެ ލިސްޓާއި އޭގެ އަދަދު ހިއްސާކުރައްވަން ޖެހޭނެއެވެ.

ދެ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެކެވެ. ހަމައެއާއެކު، މިއީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރަޖިސްޓްރީ ކުރެއްވުމަށް: https://forms.office.com/r/McgWfUJ4sQ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.