ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދެވޭ އެވޯޑާ ގުޅޭ

”ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް“ އަކީ ކޮންމެ އަހަރެއްގެ ”ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މެއި)“ ގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދެއްވާ އިނާމެކެވެ. މި އިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައެވެ.

މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ ”ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް“ ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވިފައިވާކަން އާންމު ކުރުމުގެ ގޮތުން ދެންނެވީމެވެ. އަދި ދަންނަވަމެވެ. މި އަހަރުގެ ”ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް“ ގެ ޝިޢާރަކީ ”އަންމާސްކިންގ ދަ އެޕީލް – ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން“ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވީމާ، މި އެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯ ގެ ލިންކް (-who-the-for-nominations-for-room/articles/item/call-https://www.who.int/europe/newsawards-2026-day-tobacco-no-orldw) ގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2026 ޖަނަވަރީ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.