ކުޑަކުދިންނަށް އާއްމުކޮށް ދީއުޅޭ ފޯމިއުލާއިން ވިހަ މާއްދާތަކެއް ފެނިއްޖެ!

ކުޑަކުދިންނަށް އާއްމުކޮށް ދީއުޅޭ ފޯމިއުލާއިން ވިހަ މާއްދާތަކެއް ފެނިގެން ސަމާލުވާން އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ނެސްލޭ ކުންފުނިން އުފައްދާ ’SMA‘ މަރުކާގެ އިންފެންޓް ފޯމިއުލާ އަދި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗްތަކުން ’ސެރެއުލައިޑް‘ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ ތަކެތި، ބަޒާރުން ނެގުމަށް، ނިންމާފައިވާކަން އެ ކުންފުނިން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ.
ސެރެއުލައިޑް“ އަކީ ބެސިލަސް ސިރިއަސް (Bacillus cereus) ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.
މި މާއްދާއިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ، އެކަށީގެންވާ ކަމެކެވެ.
ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މާއްދާ ހިމެނޭ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި ބުނެފައިވެ އެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.