ފާއިތުވި އަހަރު އެއްގަމު ދަތުރުފަތުރާ ގުޅޭ ގާނޫނުތަކާއި ސިޔާސަތުތައް އިސްލާހުކުރުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދިޔަ

ނިމިދިޔަ އަހަރަކީ އެއްގަމު ދަތުރުފަތުރާ ގުޅޭ ގާނޫނުތަކާއި ސިޔާސަތުތައް އިސްލާހުކުރުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދިޔަ މުހިންމު ދުވަސްވަރެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ގާނޫނީ އޮނިގަނޑު މުރާޖައާކޮށް ވަރުގަދަކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު ހުރި ގަވާއިދުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ޓްރެފިކްގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައި، ގާނޫނު ތަންފީޒުކުރާ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުމަކީ ދާއިރާގެ ކުރިމަގު ރޭވުމަށާއި، އިންސާފުވެރިކަމާއެކު އުސޫލުތައް ހިންގައި، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

ގާނޫނީ ގޮތުން ކަންކަން ސާފުކޮށް ބެހެއްޓުމަށާއި ސިޔާސަތުތައް އެއް މިސްރާބަކަށް ގެންދިއުމަށް އިސްކަންދީގެން، މިނިސްޓްރީން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް އަންނަ ތަރައްގީއާ ގުޅޭނޭ ފަދަ، ރައްކާތެރި އަދި އިތުބާރު ހުރި އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.