
ޕޮލިޓެކްނިކުން ސެޓްފިކެޓް 1 އިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް ތަމްރީނުވުމުގެ ފުރުޞަތު!
މޯލްޑިވްސް ޕޮލިޓެކްނިކްގެ ޖެނުއަރީ އިންޓޭކް 2026ގައި ބައިވެރިވެ، ދިވެހިރާއްޖެއަށް މުހިއްމު އެކި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފަ އެވެ.
ސެޓްފިކެޓް 1 ކުން ފެށީގެން ޑިޕްލޮމާއާއި ހަމައަށް އާކިޓެކްޗަރ، ސިވިލް އިންޖީއަރިންގ، ވެލްޑިންގ، ޕްރޮގްރާމިންގ، ހެޔަރ އެންޑް ބިއުޓީ ތެރަޕީ، ކާޕެންޓްރީ، އިލެކްޓްރީޝަން، ވުޑް ކަރވިންގ، ޖްވެލްރީ ޑިޒައިން ފަދަ ތަފާތު ދާއިރާތަކުން، އެއްވެސް ފީއަކާއި ނުލައި މުޅިން ހިލޭ ތަމްރީނުވުމަށް ވަނީ ހުޅުވާލެވިފަ އެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓަށް ޒިޔާރަތްކުރައްވައިގެން ޖެނުއަރީ އިންޓޭކް 2026ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފަ އެވެ.



