މި ދުވަސްވަރު ވައި ނުފާސުވެފައިވާތީ ރައްކާތެރިވޭ!

ރާއްޖޭގެ ސަރަހައްދުތަކަށް މި ދުވަސްވަރު ވައި ނުފާސުވެފައިވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރައްހަދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ ނުވަތަ ”ހޭޒް“ގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 5 ދުވަހު ވެސް ”ހޭޒް“ގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި މިކަމާ ގުޅިގެން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑުކަމަށެވެ. އެހެންކަމުން މިދުވަސްވަރު ހުރިހާ އެންމެންވެސް ބޭރަށް ނިކުމެ އުޅުމުގައި N95 މާސްކު ނުވަތަ އެފަދަ މާސްކެއް ބޭނުންކުރުމަށްވަނީ އިރުޝާދު ދީފައެވެ. އަދި ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށްވަނީ އަންގައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.