ޕަބްލިކް ފައިނޭންސްގެ ދާއިރާ އަށް ދިގުމުއްދަތަށް ޚިދުމަތްކުރެއްވި އަލްފާޟިލް އިބްރާހިމް ރަޝީދު އަވަހާރަވެއްޖެ

ރާއްޖޭގެ ޕަބްލިކް ފައިނޭންސްގެ ދާއިރާގެ ޚިދުމަތްތެރިޔާ އަދި ލިޔުންތެރިޔާ މ. ސާނިޔާ އަލްފާޟިލް އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އަވަހާރަވެއްޖެ އެވެ.

އަލްފާޟިލް އިބްރާހިމް ރަޝީދު އަވަހާރަވުމުގެ ފުންހިތާމައިގައި ބައިވެރިވެ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއިބެހޭ ވުޒާރާއިން ވަނީ، ތަޢުޒިޔާ ފޮނުވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހި ސަރުކާރުގެ ޚިދުމަތާއި 1972 ވަނަ އަހަރުގެ ޖުލައި މަހު ގުޅިވަޑައިގެންނެވުމަށްފަހު، މަރުޙޫމް އިބްރާހިމް ރަޝީދު ވަނީ ރާއްޖޭގެ އޮޑިޓިން ދާއިރާ އާއި ފައިނޭންސް ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އެގޮތުން އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ހިމެނޭހެން، 36 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައި ވެއެވެ.

ރަޝީދު އަވަހާރަވީ ޢުމްރާގެ އަޅުކަމަށް ވަޑައިގެން މައްކާގައި ހުންނަވަނިކޮށް މި ޖެނުއަރީ 6 ވީ އަންގާރަދުވަހުއެވެ.

މަރުޙޫމް އިބްރާހިމް ރަޝީދު ޕަބްލިކް ފައިނޭންސްގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، ދިވެހި ދައުލަތުގެ ބަޖެޓް ފްރޭމްވޯކް އެކުލަވާލުމުގަޔާއި ދަޢުލަތުގެ ބަޖެޓް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

މަރުޙޫމް އިބްރާހިމް ރަޝީދުގެ ޤައުމީ ޚިދުމަތަށް ބަލާއިރު، އެމަނިކުފާނުގެ މަސައްކަތުގެ ހިންގުންތެރިކަމާއި، ނަޒާހަތްތެރިކަމާއި، ތަޖުރިބާގެ އަލީގައި މާލީ ދާއިރާއަށް ލިބިގެންދިޔަ ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ. އަދި 2018 ވަނަ އަހަރުގެ ޖޫން މަހު މިނިސްޓްރީން ވަކިވެވަޑައިގެންނެވި ފަހުން ވެސް މަރުހޫމް އިބްރާހިމް ރަޝީދު ވަނީ މާލީ ދާއިރާ އާއި ގުޅޭ ގިނަ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.