ވަކި މުއްދަތެއް ނެތްގޮތަށް ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ކޮންޓްރޯލް ކުރާނެ ކަމަށް އެމެރިކާއިން ބުނެފި

ވަކި މުއްދަތެއް ނެތްގޮތަށް ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ކޮންޓްރޯލް ކުރާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

ވެނެޒުއޭލާގެ ރައީސް ރަހީނުކޮށް ހައްޔަރު ކުރުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕްގެ އިދާރާއިން ބުނެފައިވަނީ، ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތްގޮތަށް އެގައުމުން ކޮންޓްރޯލް ކުރާނެ ކަމަށާއި، ތެލުގެ ވިޔަފާރި ކުރާނެ ގޮތްތައްވެސް ރާވާ ހިންގާނީ އެމެރިކާއިން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާގެ ހަކަތައާއިބެހޭ އިދާރާއިން ބުދަދުވަހު ބުނެފައިވަނީ، ދުނިޔޭގެ މާކެޓުގައި މިހާރުވެސް ވެނެޒުއޭލާގެ ތެޔޮ ވިއްކުމަށް ތައްޔާރުވެފައިވާ ކަމަށާއި، ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އެންމެ ފުރަތަމަ ރައްކާކުރެވޭނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ އެކައުންޓުތަކުގައި ކަމަށެވެ.

”މި އާމްދަނީ ބޭނުންކުރެވޭނީ އެމެރިކާގެ ސަރުކާރުގެ ބެލުމުގެދަށުން، އެމެރިކާގެ ރައްޔިތުންނާއި ވެނެޒުއޭލާގެ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަކަށް“ އެގައުމުގެ ހަކަތައާއި ބެހޭ އިދާރާއިން ބުނެފައިވެ އެވެ. އަދި 30-50 މިލިއަން ފާޓާގެ ތެލާއެކު ތެޔޮ ވިއްކުމުގެ ވިޔަފާރި ވަގުތުން ފެށިފައިވާ ކަމަށާއި، މި ވިޔަފާރި ވަކި މުއްދަތެއް ނެތްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވެނެޒުއެލާގެ ތެލުގެ ވިޔަފާރި ބޭނުންކުރެވޭނެ ގޮތަކާމެދު ރައީސް ޓްރަމްޕް ވެސް ވަނީ ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފަ އެވެ. އެގޮތުން އެ ފައިސާ ޚަރަދުކުރާނެ ގޮތާ ބެހޭގޮތުން ޓްރަމްޕް ވާހަކަދައްކަވަމުން ވިދާޅުވީ، ވެނެޒުއޭލާއަށް ލިބޭ އާމްދަނީ ހަމައެކަނި އެމެރިކާގެ އުފެއްދުންތައް ގަތުމަށް ބޭނުންކުރުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

”އަލަށް ހެދި ތެލުގެ މުއާމަލާތުގެ ދަށުން ވެނެޒުއޭލާއަށް ލިބޭ ފައިސާއިން، އެ ގައުމުން ގަންނާނީ ހަމައެކަނި އެމެރިކާގައި އުފައްދާ ތަކެތި ކަމުގެ މައުލޫމާތު އަޅުގަނޑަށް މިހާރު ވަނީ ލިބިފައި،“ ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ’ޓްރޫތް ސޯޝަލް‘ ގައި އޭނާ ލިޔުއްވާފައިވެއެވެ.

”މިގޮތުން ގަންނަ ތަކެތީގެ ތެރޭގައި އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، އެމެރިކާގައި އުފައްދާ ބޭހާއި، ސިއްހީ އާލާތްތަކުގެ އިތުރުން، ވެނެޒުއޭލާގެ ކަރަންޓު ވިއުގައާއި ހަކަތައާ ބެހޭ ވަސީލަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ސާމާނު ހިމެނޭނެއެވެ.“

މިކަން އިއުލާނުކޮށްފައި މިވަނީ، ގާނޫނީ މާހިރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކުރާ ގޮތަށް، މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕްގެ ސަރުކާރުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ”ވަގަށް ނެގި“ ތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.