ރަސްގެތީމުގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ

ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގްރިޑްގެ ހަމަޖެހުން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނިޒާމު ހިންގަން ފެށުމާއެކު، ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަހަރަކު 120,794 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށާއި، އަދި ކޮންމެ އަހަރަކު 296 ޓަނުގެ ކާބަން ޑައިއޮކްސައިޑް (އިމިޝަން) ވައިގެ ތެރެއަށް ބޭރުކުރާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ވިޝަންގެ ތެރެއިން، 2028 ވަނަ އަހަރާ ހަމައަށް ކަރަންޓު އުފެއްދުމުގެ 33% އާންމުކޮށް އިޔާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.