ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން: ސީޕީ

ޤަވާއިދާ ޚިލާފަށް ގެންނަ ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކުށްކުރާ ކަމަށް ބެލެވޭ ”ހޮޓް ސްޕޮޓް“ ތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި އޭގެެތެރޭގައި ގިނައީ ކުޑަކުދިންކަން ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

މިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ އެފަދަ ތަންތަނުން ފެންނަ ކުޑަކުދިންގެ ކުށުގެ ރެކޯޑް ނެތުމުން ނަސޭހަތްދީ ފޮނުވާލާ ކަމަށާއި މިކަމުގައި މައިންބަފައިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ސަމާލުވެ ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ އެކުދިިންގެ ކަންކަން ގާތުން ބެލުމަށް އިލްތިމާސްކުރައްވާފަ އެވެ.

ޤަވާއިދާ ޚިލާފަށް ގެންނަ ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، އެތަކެތި ރީޓެއިލް ފިހާރަތަކަށް ޑެލިވަރ ކުރާ ކަމަށްވެސް ސީޕީ ނަވީން ވިދާޅުވި އެވެ.

”ގަވާއިދުގެ ތެރޭގައި ތިބޭ ބިދޭސީން މި ކަހަލަ ކަންތައްތައް ކުރާނަމަ އެ ފަރާތްތަކުގެ ސްޕޮންސަރުން އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ.“ ސީޕީ ނަވީން

މީގެއިތުރުން، އިމިގްރޭޝަނާއެކު ހިންގާ ޖޮއިންޓް އޮޕަރޭޝަންސްތަކުގެ ތެރޭގައި މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ޖުމްލަ 102 އޮޕަރޭޝަން ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި 800 އިލީގަލް އިމިގްރެންޓްސް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށާއި، އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޙިލާފުވެގެން 278 ފަރާތެއް ވެސް އިމިގްރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާއިތުވި އަހަރުތަކުގައި ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.